އެމްއެންޔޫގެ ސުކޫލް އޮފް މެޑިސިންގެ ދަރިވަރުން ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ކުޅުދުއްފުއްޓަށް

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސުކޫލް އޮފް މެޑިސިންގެ ބެޗް 1  ގެ 22 ދަރިވަރަކު ކޮމިއުނިޓީ ޕޯސްޓިން ފުރިހަމަ ކުރުމަށް ކުޅުދުއްފުއްޓަށް ހިނގައްޖެއެވެ.

މިދަރިވަރުންނަކީ އެމްއެންޔޫއިން ހިންގާ 5 އަހަރުގެ ޑިގްރީ ކޯހުގެ ދަރިވަރުންނެވެ. މި ޓްރެއިނިންގ އަކީ އެ ދަރިވަރުން 3 ވަނަ އަހަރު ކިޔަވާ މޮޑިއުލްއެއްކަމަށްވާ މެޑިސިން އެންޑް ސޮސައިޓީގެ ބައެކެވެ.

މި ޓްރެއިނިންއަކީ މިމަހުގެ 11ން ޑިސެމްބަރ 17ގެ ނިޔަލަށް ކުރިއަށްްދާ ޓްރެއިނިންގއެކެވެ. ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން އެމްއެންޔޫގެ ސުކޫލް އޮފް މެޑިސިންގެ ސީނިއަރ އެޑްމިން އޮފިސަރ ނިޝާ ލަތީފް ވިދާޅުވީ މިދަތުރުގައި އެސަރަހައްދުގެ ބައެއް ހޮސްޕިޓަލްތަކުގެ ސިއްހީ ހިދުމަތްތައް ދޭ ގޮތްތަކާއި، ފުރަތަމަ އެހީއާއި ގައިން ގަޔަށް އަރާ ބަލިތަކާއި ގައިން ގަޔަށް ނާރާ ބަލިތަކާއި ގުޅޭ މައުލޫމާތު މި ދަރިވަރުން ހޯދާނެ ކަމަށެވެ. އަދި ކުޅުދުއްފުށީ ހޮސްޕިޓަލްގައި މި ދަރިވަރުން އަމަލީ ގޮތުން ހަރަކާތަތެރިވެ އެކި ހިދުމަތްތަކުގެ ތަޖުރިބާއާއި މައުލޫމާތު ހޯދާނެއެވެ. މީގެ އިތުރުން މުޖުތަމައުގައި ހަރަކާތްތެރިވެ ތަޖުރިބާވެސް ހޯދަން ޖެހޭއިރު މި ދަރިވަރުން ސަރވޭ ކުރާނެ ގޮތްތައް ވެސް މި ޓްރެއިނިންގ ތެރެއިން ދަސްކުރާނެ ކަމަށް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *