ބިލަބޮންގް އިންޓަަނޭޝަނަލް ހައި ސުކޫލްއާއި ޑައިވް ކޯސްތައް ހިންގާ " މޫދު ބުޅާ" ގުޅިގެން އެ ސުކޫލްގެ ދަރިވަރުންނަށްް އޯޕަން ވޯޓަރ ޑައިވް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތުގައި ބައިވެރިވީ ފަތަން ދަންނަ އަދި ޑައިވިންގްއަ ޝައުގު ހުންނަ ކުދިންނެވެ. އެންމެ ފުރަތަމަ މި ކުދިންނަށް މި ޑައިވް ފެށުނީ ފެށުނީ އޯޕަން ވޯޓަރ ޑައިވް އަކުންނެވެ. އަދި މި ހަރަކާތުގައި ކުދިންނަށް އަމިއްލައަށް ޑައިވިންގްގައި ބޭނުންކުރާ ތަކެތި ބޭނުން ކޮށްލުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.
މި ހަރަކާތުގައި ބައިވެރިވި ކުދިން ތިބީ ޑައިވިންގްއަށްް ގޮސް ކަނޑު އަޑީގެ ހިތްގައިމު މަންޒަރުތައް ބަލާލުމަށް ނުހަނު ކެތް މަދުވެފައެވެ. މިއީ މިކުދިންނަށް ކަނޑުގެ ދިރުންތައް ބަލާލުމަށްޓަކައިވެސް ލިބިގެން ދިޔަ ރަނުގެ ފުރުސަތެކެވެ.
މޫދު ބުޅާއިންވަނީ މިފަދަ ފުރުސަތެއް ދަރިވަރުންނަށްް ހޯދައިދިން ކަމަށަޓަަކައި ބިލަބޮންގް އިންޓަނޭޝަނަލް ސުކޫލަށް ވަރަށް ބޮނޑަށް ޝުކުރު އަދާކުރައްވާފައެވެ. މޫދު ބޫޅާއން އެދެނީ ކުރިއަށް އޮތްތާގައިވެސް އެހެން ސުކޫލްތަކުން އެހެން ސުކޫލްތަކުގެ ކުދިންނަށްްވެސް މިފަދަ މިފަދަ ފުރުސަތެއް ހޯދައިދިނުމެވެ.
advertisment
ހިޔާލު