ޓްރެފިކް ގަވާއިދަށް ދަރިވަރުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ޓްރެފިކްގެ ގަވާއިދުތަކަށް އަހުލުވެރިކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަންގެ ތެރެއިން. ފޮޓޯ: ޕޮލިސް ސައިޓް

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ޓްރެފިކްގެ ގަވާއިދުތަކަށް އަހުލުވެރިކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

ދ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި ޓްރެފިކް ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުމަށް އެ ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތު ދީފައިވެއެވެ. އަދި މަގުމަތީގެ ރީތި އަދަބުތަކާއި ހިނގާ ބިނގާވެ އުޅުމުގައި ދަރިވަރުން ސަމާލުކަންދޭންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން ހިނގާ ބިނގާވެ އުޅުމުގައި ދުއްވާ އެއްޗިއްސަށް ސަމާލުވުމާއި ޓްރެފިކް ނިޝާންތަކަކީ ކޮބައިކަން ބުނެދީފައިވެއެވެ.

އެ ސެޝަނުގައި، އެ ސްކޫލްގެ ގްރޭޑް 3 އިން 6 އަށް ތައުލީމު ހާސިލްކުރަމުންދާ ހުރިހާ ދަރިވަރުން ބައިވެރިވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *