އިމާދުއްދީން ސުކޫލްގެ ދަރިވަރުން މައުލޫމާތު ހޯދުމުގެ ސެޝަންއެއްގައި ބައިވެރިވެއްޖެއެވެ.
ދިރާގުން ކުރިއަށް ގެންދިޔަ މި ސެޝަންއަކީ ދަރިވަރުންނަށް ސައިބަރ ސެކިއުރިޓީއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
މި ސެޝަންގެ ތެރެއިން ދިރާގުގެ އެހެން ބައެއް ޑިޕާޑްމަންޓްތަކުގެ މައުލޫމާތުތައްވެސް ދަރިވަރުންނަށް ދީފައިވެއެވެ. މި ސެޝަންގައި އިމާދުއްދީން ސްކޫލްގެ ދަރިވަރުންގެ އިތުރުން އެސުކޫލްގެ ސީނިއާރ މެނޭޖްމަންޓްގެ ބައެއް ބޭފުޅުންނާއި މުދައްރިސުން ބައިވެރިވިއެވެ. އަދި ކުދިންގެ ހިތްތަކުގައި ޓެކްނޮލޮޖީއަށް އޮތް ލޯބި މި ސެޝަންގެ ތެރެއިން ފެނިގެން ދިޔައެވެ. ދިރާގުންވަނީ ޒުވާން ވިސްނުން ތޫނު ކުދިން މިދާއިރާއަށް ޝައުގުވެރިވެ މަސައްކަތް ކުރުމަކީ ދެކެން ބޭނުންވާ ދުވަހެއް ކަމަށް ބުނެފައެވެ. އަދި ކުރިއަށް އޮތްތާގައިވެސް މިފަދަ ސެޝަންތަކެއް ބާއްވައި މި ދާއިރާއަށް ގިނަ ކުދިން ނެރުމަކީވެސް ދިރާގުގެ ވަރަށް ބޮޑު އެދުމެއްކަމަށް އެ ކުންފުނިން ބުނެއެވެ.
advertisment
ހިޔާލު