2019 ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގައި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ 50 ދަރިވަރުން ހިމެނިއްޖެއެވެ. ގަދަ ދިހައެއްގައި މުޅި ރާއްޖެއިން ހިމެނުނީ 419 ދަރިވަރުންނެވެ.
ސާނަވީ އިމްތިޙާނުގެ މަތީ އަރުތަވެރިންނަށް އެވޯޑް ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތު ބާއްވާފައިވާއިރު، ދުނިޔޭގެ ގަދަ ދިހައެއްގައި އަހުމަދިއްޔާގެ ތިން ދަރިވަރަކު ވަނީ ހަތަރު މާއްދާއިން ދުނިޔެއިން އެއްވަނަ ހޯދާފައެވެ. އަދި ވަކިވަކި މާއްދާތަކުން ފަސް ދަރިވަރަކު ވަނީ މުޅި ރާއްޖެއިން އެއްވަނަ ހަ މާއްދާއަކުން ހޯދާފައެވެ. ގައުމީ ގަދަ ދިހައެއްގެ އެއްވަނައިގައި ދިހަ ދަރިވަރުންގެ ތެރޭގައި އަހުމަދިއްޔާއިން ހިމެނުނީ ޢައިޝަތު ޝައިބާން އާއި ފާޠިމަތު ޝައިޚާ ޙުސައިންގެ އިތުރުން މަރިޔަމް ލައިސާ ޙުސައިން ޙަމީދެވެ.
ދުނިޔޭގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަކީ:
- ރީއާ ޙުސައިން ފާއިޒު (ބިޒިނަސް ސްޓަޑީޒުން އެއްވަނަ، އަދި އިންގްލިޝް އޭސް އަ ސެކްންޑް ލޭންގްއޭޖް އިން މުޅި ދުނިޔެއިން 10 ވަނަ)
- އަހްލާ ޢަލީ ( އެކައުންޓިންގ އިން މުޅި ދުނިޔެއިން ހަ ވަނަ )
- ފާޠިމަތު ޝާހާ ޙުސައިން (އެކައުންޓިންގ އިން މުޅި ދުނިޔެއިން ހަ ވަނަ )
ވަކި ވަކި މާއްދާތަކުން ރާއްޖެއިން އެއްވަނަ ހޯދި ދަރިވަރުން
- ފާޠިމަތު ޝާހާ ޙުސައިން ( އެކައުންޓިންގ އިން މުޅި ރާއްޖެއިން އެއްވަނަ)
- އަހްލާ ޢަލީ ( އެކައުންޓިންގ އިން މުޅި ރާއްޖެއިން އެއްވަނަ)
- ޙުސައިން ފާއިޒު ( ބިޒިނަސް ސްޓަޑީޒް ، އިންގްލިޝް އޭސް އަ ސެކްންޑް ލޭންގްއޭޖް އިން މުޅި ރާއްޖެއިން އެއްވަނަ)
- އަޙްމަދު ސާމް ޢަބްދުﷲ ނާފިޒު (އިސްލާމުން މުޅި ރާއްޖެއިންވެސް އެއްވަނަ)
- އައިނީ އިބްރާހީމް މަނިކު ( ހިސާބުން މުޅި ރާއްޖެއިންވެސް އެއްވަނަ)
advertisment
ހިޔާލު