އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އިފުތިތާޙުކޮށްދެއްވައިފި

އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވައިފިއެވެ. މިމަޝްރޫޢު އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މޮނިއުމެންޓް މަތީގައި ލައިޓް ބޯޅައެއް ބަހައްޓަވާފައެވެ. އަދި އެމަނިކުފާނު ވަނީ މި މަޝްރޫއުގައި ބޭނުން ކުރާނެ ލޯގޯ ވެސް މިރޭ އިފުތިތާޙުކޮށްދެއްވާއެވެ.

މާފަންނު ޓްރެކް ދަނޑުގައި މިރޭ ކުރިއަށް ގެންދިޔަ ޚާއްޞަ ރަސްމިއްޔާތުގައި އެކި ފަންތީގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

އިޙުތިރާމް އަދާކުރުމުގެ ކެމްޕެއިނަކީ، ދިވެހިންގެ ތެރެއިން ގެއްލެމުންދާ އިޙުތިރާމް ކުރުމުގެ ރީތި އާދަ އަލުން އަށަގެންނެވުމަށް ޤައުމީ ފެންވަރުގައި ފެށި ބޮޑު ކެމްޕެއިނެކެވެ. މި މަޝްރޫޢު ފައްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިމަޝްރޫޢު އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މޮނިއުމެންޓް މަތީގައި ލައިޓް ބޯޅައެއް ބަހައްޓަވާފައެވެ.

އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ މަޤުޞަދަކީ، މުޖުތަމަޢުގެ އެކި ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި އެކަކު އަނެކަކަށް ގަދަރާއި އިޙުތިރާމް ކުރުމުގެ ރީތި ސިފަ ދިވެހިންގެ ހިތްތަކުގައި އަލުން އަށަގެންނެވުމެވެ. ޚާއްޞަކޮށް ޒުވާނުންނާއި، ކުޑަކުދިންގެ މެދުގައި މި އާދަ ހަރުދަނާ ކުރުމެވެ.

މި މަޝްރޫއުގައި ބޭނުންކުރާނެ ލަވަވެސް މިރޭ ވަނީ އިފުތިތާޙުކޮށްފައެވެ.

އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގައި ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރަން ހުޅުވަލި ފުރުޞަތުގައި 22 ލޯގެއް ހުށައެޅިއެވެ. އޭގެ ތެރެއިން 10 ލޯގޯއެއް ހޮވައި އާންމުންނަށް ހުޅުވާލިއެވެ. އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގައި ބޭނުންކުރާ ލޯގޯ ޑިޒައިން ކުރި ފަރާތަށް ފަންނާއި ސަޤާފަތާއި ބެހޭ ވުޒާރާއިން ވަނީ 60،000 ރުފިޔާގެ އިނާމެއް ހުށައަޅާފައެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *