ޖަލާލުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރުންނަށް ނަދާއާއި އަހުމަދު މުޙައްމަދު އަދި މުހައްމަދު މުއުމިން

ފާއިތުވި ދެ އަހަރު ޖަލާލުއްދީން ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުން- ފޮޓޯ ކޭއޯ

ޖަލާލުއްދީން ސްކޫލުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރުންނަށް އައިޝަތު ނަދާ އަބުދުﷲއާއި އަޙްމަދު އަބްދުﷲގެ އިތުރުން މުޙައްމަދު މުއުމިން ހޮވައިފިއެވެ.

ކުޅުދުއްފުށީ ސިޓީގައި މަތީ ސާނަވީއަށް ކިޔަވައިދޭ، ޖަލާލުއްދީން ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ އަބުދުލް ލަތީފް މުހައްމަދެވެ.

ނަދާއަކީ 2025 ވަނަ ދިރާސީ އަހަރު މަތީ ސާނަވީން އެންމެ މޮޅު ދަރިވަރެވެ. އަޙްމަދު އަބްދުﷲއަކީ 2024 ވަނަ އަހަރު ސާނަވީ އިމްތިހާނުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރެވެ. މުހައްމަދު މޫއުމިންއަކީ 2025 ވަނަ ދިރާސީ އަހަރު މަތީ ސާނަވީން އެންމެ މޮޅު ދަރިވަރެވެ.

މަތީ ސާނަވީން އެއްވަނަ ހޯދި ނަދާއަކީ ފާއިތުވި ދިރާސީ އަހަރު އެ ސްކޫލުގެ ކެޕްޓަނެވެ. އަދި އޭނާ ވަނީ މަތީ ސާނަވީ  ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދާފައެވެ.

2024 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރަކު، އަޙުމަދު އަބްދުއްﷲ އަކީ، ޖަލާލުއްދީން ސްކޫލުގެ އެކްޓިވިޓީ ކެޕްޓަނެވެ. ސާނަވީ ނިންމާ އިމްތިޙާނުތަކުގައި 7 އޭ ސްޓަރ ހޯދައިގެން އޭނާއަށް ގައުމީ ގަދަ ދިހައެއްގެ ދެވަނަ ލިބިފައިވެއެވެ.

2025 ވަނަ އަހަރުގެ ސަނާވީ އިމްތިހާން ނިންމާ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދީ މުހައްމަދު މޫއުމިންއަށް ލިބުނީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ ދެވަނައެވެ. ހަތް މާއްދާއިން އޭ ސްޓަރ އޭނައަށް ލިބުނުއިރު، އަމިއްލަ ގޮތުން އެކައުންޓިންގައި ބައިވެރިވޭ އޭ ސްޓަރ އޭނާ ހޯދާފައިވެއެވެ.

ޖަލާލުއްދީނުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި 131 ދަރިވަރުންނަށް އިނާމު ދީފއިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 2024 ވަނަ އަހަރުގެ ސާނަވީއާއި 2025 ވަނަ އަހަރުގެ ސާނަވީގެ އިތުރުން މަތީ ސާނަވީގެ ދަރިވަރުންނެވެ.

ޖަލާލުއްދީން ސްކޫލުން އަންނަނީ ސާނަވީއާއި މަތީ ސާނަވީގައި ވެސް ރަނގަޅު ނަތީޖާއެއް ދަރިވަރުންނަށް ހޯދައިދެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *