ޔަންގް ލީޑާސް އޮފް އައްޑޫއިން ކުރިއަށްގެންދާ "ރަންމުތް" ޕްރޮޖެކްޓުގެ ތަމްރީނުތައް ފަށައިފިއެވެ. މި ތަމްރީނުތައް ފެށީ 12 ބައިވެރިންނާއެކު ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
"ޔަންގް ލީޑާސް އޮފް އައްޑޫ" އަކީ މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަންގެ ދަށުން ހިންގާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މައިގަނޑު މަގުސަދަކީ 16 އަހަރާއި 25 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް، މާނަހުރި ހިލޭސާބަހަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ބާރުވެރިކަން ހޯދައިދިނުމެވެ. 2024 ވަނަ އަހަރު ގާއިމުކުރެވުނު މި ޖަމިއްޔާގެ އައްޑޫ ގޮފިން މަސައްކަތް ކުރަމުންދަނީ މުޖުތަމައަށް ޚިދުމަތްކުރުމަށާއި، ޒުވާން އަންހެނުންގެ މެދުގައި އިސްނެގުމުގެ ހުނަރުތައް އާލާކޮށް ކުރިއެރުވުމަށެވެ.
ޔަންގް ލީޑާސް އޮފް އައްޑޫގެ ފަރާތުން ހުށަހެޅި "ރަންމުށް" ޕްރޮޖެކްޓް، ޕްރޮޖެކްޓް 3L (ލައިފް-ލޯންގް ލާރނިންގ) ކެޕޭސިޓީ ބިލްޑިންގ ގްރާންޓް ޕްރޮގްރާމަށް ހޮވިފައިވެއެވެ. އޭޝިއާ ޕެސިފިކް ސަރަޙައްދަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމަކީ، ވޯލްޑް އެސޯސިއޭޝަން އޮފް ގާރލް ގައިޑްސް އެންޑް ގާރލް ސުކައުޓްސް އަށް ފްރެންޑްސް އޮފް އޭޝިއާ ޕެސިފިކް އިން މާލީ އެހީތެރިކަން ފޯރުކޮށްދީގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ޕްރޮޖެކްޓް ރަންމުތްގެ މައިގަނޑު މަޤްސަދަކީ، ގަހަނާ ތައްޔާރުކުރުމުގެ ތަމްރީނުތައް ފޯރުކޮށްދީގެން އައްޑޫ ސިޓީގެ އަންހެނުން ބާރުވެރިކުރުވުމާއި، ވިޔަފާރިވެރިކަމުގެ ރޫހު އާލާކޮށް، ސަގާފީ މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެންގެ ބައިވެރިވުން އިތުރުކުރުމެވެ.
advertisment
ހިޔާލު