ނިއުމާ މިސްއާއެކު ފޮތެއް ފަރުމާކޮށްލަން ބޭނުންތަ؟

ފޮތް ފަރުމާކުރަން ދަސްކޮށްދޭ ވޯކްޝޮޕުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ވޯކް ޝޮޕް ކުރިއަށް ގެންދަނީ ކިޔަވައިދެއްވުމާއި ފޮތް އެކުލަވާލުމުގައި ގިނަ ދުވަސްވީ ތަޖުރިބާކާރު ނިއުމާ މުޙައްމަދު (ނިއުމާ މިސް)އެވެ. ނިއުމާ މިސްވަނީ މީގެ ކުރިން ވެސް މިފަދަ ވޯކްޝޮޕްތައް ކުރިއަށް ގެންގޮސްފައެވެ.

ހުރިހާ އުމުރު ފުރައަކަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ މި ވޯކްޝޮޕް އޮންނާނީ އަންނަ ބުރާސްފައްޗާއި ހުކުރާއި ހޮނިހިރު ދުވަހުގެ ރޭގައެވެ.

ތިން ސެޝަނަކަށް، އޮންލައިންކޮށް ކުރިއަށް ގެންދާ މި ވޯކްޝޮޕްގެ ފުރަތަމަ ސެޝަންގައި ހިލޭ ބައިވެރިވެވޭނެއެވެ. ފީއަކީ 199 ރުފިޔާއެވެ.

މި ވޯކްޝޮޕުން ދަސްކޮށްދޭނެ ބައިތަކުގެ ތެރޭގައި:

  • ފޮތުގެ ބޭރުގަނޑާއި އެތެރޭގެ ސަފުޙާތައް ފަރުމާކުރުން.
  • އޭއައި ބޭނުންކުރުން
  • ލޭއައުޓް/ ފަރުމާ/ފޯމެޓް
  • ރާއްޖޭގެ ފޮތް ހެދުމުގެ ޤަވާއިދުތައް
  • އެމޭޒަންގެ ކޭޑީޕީ ފޮތްހެދުމުގެ ގަވާއިދުތައް (އިންޓަރނޭޝަނަލް ޤަވާއިދުތައް)

ނިއުމާ މިސްއާއެކު ކެންވާ ބޭނުންކޮށްގެން ފޮތް ހަދަން ދަސްކޮށްދޭ ފުރަތަމަ މަރުހަލާގެ ވޯކްޝޮޕްގައި ބައިވެރިވާން ބޭނުންނަމަ ފޯމް މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ކުރެވޭނެއެވެ.

މި ވޯކްޝޮޕަކީ ފޮތްތެރިކަމަށާއި ފޮތް ލިޔަން ޝައުޤު ހުންނަ ދަރިވަރުންނަށް ވެސް ލިބޭނެ ވަރަށް މުހިންމު ފުރުސަތެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *