ގައުމީ ޤުރްއާން މުބާރާތުން އެއްވަނަ އިޒުޢާން އާއި އިނާޒުގެ އިތުރުން ޒީކަށް

38 ވަނަ ޤުރްއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ މިރޭ ވަނީ އިއުލާން ކޮށްފައެވެ. ބޮޑު ބަދަލަކާއެކު މި އަހަރު ބޭއްވި މުބާރާތުގެ ޙާފިޡުންގެ ބައިން އެއްވަނަ ހޯދީ އިސްމާޢީލް އިޒުޢާން އިބްރާހީމް، ހމ. ފްލެޓް 02 ޖީ 141 މާލެއެވެ.ބަލައިގެން ކިޔެވުމުން މުޅި މުބާރާތުން އެއްވަނަ ހޯދީ އާޔަން އަޙްމަދު ޢިނާން ހަވީރީނާޒް، ގދ. ގައްދޫއެވެ. ނުބަލައި ކިޔުމުން އެއްވަނަ ލިބުނީ، ޢާއިޝަތު ޒީކް ރިޔާޟް އޯޝަން، ސ. ފޭދޫއެވެ.

ފަޚުރުވެރި ވަނަތަކަށް މިއަހަރު ދެވުނު އިނާމުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލަޔާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި، ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްޞަ އިނާމުތަކާއި، ބޭނުން ރޮނގަކުން ބޭނުން ޤައުމަކުން ޕީ.އެޗް.ޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ހިމެނޭހެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންދޭ 75 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި، ޓްރޮފީއާއި އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދެވުނު ޢުމްރާ ދަތުރެކެވެ.

މުޅި މުބާރާތުގެ ވަނަތައް:

ޙާފިޡުންގެ ބައިން

1 ވަނަ – އިސްމާޢީލް އިޒުޢާން އިބްރާހީމް, ހމ. ފްލެޓް 02 ޖީ 141, މާލެ
2 ވަނަ – އިޒްކާން ޢަޖީބް ޙުސައިން, ގ. ފަރެސް، މާލެ
3 ވަނަ – މުޙައްމަދު އަޝްހަމް ޢަލީ, މއ. އަރިވަރު، މާލެ

ބަލައިގެން ކިޔެވުމުގެ ބައިން

1 ވަނަ – އާޔަން އަޙްމަދު ޢިނާން, ހަވީރީނާޒް، ގދ. ގައްދޫ
2 ވަނަ – ޒީކް އިބްރާހީމް ލުޠުފީ, ޑައިމަންޑް، ގދ. ތިނަދޫ
3 ވަނަ – ޙުސައިން ޔަމާން ޢަޒީމް, ވ. ފަޒީލާމަންޒިލް، މާލެ

ނުބަލައި ކިޔެވުމުގެ ބައިން

1 ވަނަ – ޢާއިޝަތު ޒީކް ރިޔާޟް, އޯޝަން، ސ. ފޭދޫ
2 ވަނަ – އުވައިސް ބިން ޢިނާޒު، ވައިލެޓްވިލާ، ގދ. ރަތަފަންދޫ
3 ވަނަ – އިޒްޔާން ޢިމާދު އަބްދުﷲ, ވައިޓް ޕާލް، ހއ. ދިއްދޫ

38 ވަނަ ގައުމީ ގުރްއާން މުބާރާތުގެ ފައިނަލް ބުރަށް ދިޔައީ، ސެމީގައި ވާދަކުރި 379 ބައިވެރިންގެ ތެރެއިން 140 ބައިވެރިންނެވެ.

އިތުރު ތަފްސީލު އަންނަނީ……

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *