އެމްއެންޔޫއެސްޔޫއިން އައްޑޫއާއި ފުވައްމުލަކުގައި ބާއްވާ ބަހުސްއާއި ވާހަކަދެއްކުމުގެ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)އިން އައްޑޫއާއި ފުވައްމުލަކުގައި ބާއްވާ ބަހުސް މުބާރާތާއި ވާހަކަދެއްކުމުގެ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަސް އަދި ދިވެހިބަހުގެ އެކެޑަމީ އާއި ގުޅިގެން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އިސްކޫލުތަކުގެ ދަރިވަރުންނަށް ބާއްވަނީ، ”އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ މުބާރާތެވެ. އަދި ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގެ މުއައްސަސާތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާއި ޢާންމު ފަރުދުންނަށް ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދަނީ ”އައްޝައިޚް ޙުސައިން ޝަރަފުއްދީންގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ބަހުސް މުބާރާތެވެ. މި ދެ މުބާރާތް ވެސް ކުރިއަށް ގެންދަނީ އައްޑޫ ސިޓީގައެވެ.

މި ދެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 15 އޮގަސްޓްގެ މެންދުރުފަހު 2:00 އެވެ.

އެމްއެންޔޫއެސްޔޫއިން ވަނީ މި ދެ މުބާރާތުގެ ޤަވާއިދު ވެސް އާންމުކޮށްފައެވެ.

ޤަވާއިދު
ބަހުސް މުބާރާތް:  https://mnusu.edu.mv/…/08/Bahus-Qavaaidhu-2026-Final.pdf
ވާހަކަދެއްކުމުގެ މުބާރާތް:  https://mnusu.edu.mv/…/08/Oratory-Qavaidh-2026-Final.pdf

ފޯމުތައް
ބަހުސް ކެޓެގަރީ:  https://forms.gle/3bXJrtUGenNxXFa7A
ވާހަކަދެއްކުމުގެ ކެޓެގަރީ: https://forms.gle/1BcE8o7M8DgWN1Yf9

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *