ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ދަރިވަރުންގެ ސްކޯލާރޝިޕް ސްކީމް 2026 މިއަދު ވަނީ އިފްތިތާހްކޮށްފައެވ.ެ މިއ،ީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކޮންމެ އިންޓޭކެއްގައި އަލަށް ޔުނިވަރސިޓީގެ ކޯސްތަކަށް ވަންނަ ދަރިވަރުންނަށް
ޓިއުޝަން ފީ ހިލޭ ސްކޮލަރޝިޕްގެ ފުރުޞަތުތަކެއް ފަހިކޮއްދިނުމަށް ހުޅުވާލެވުނު ސްކޯލާރޝިޕް ސްކީމެކެވ.ެ އަދި މި ސްކީމަކީ ދިވެހި އަދި ބައިނަލްއަޤްވާމީ ދަރިވަރުންނަށް އައ.ިޔ.ޫއެމ.ް )IUM )އިން އަލަށް ހުޅުވާލާ މި ފަދަ ސްކޯލާރޝިޕް
ސްކީމެކެވެ.
އައ.ިޔ.ޫއެމް ދަރިވަރުންގެ ސްކޯލާރޝިޕް ސްކީމް 2026 ގެ ދަށުން ޖުމްލަ 20 ސްކޯލާރޝިޕް ފުރުޞަތު ވަނީ ދިވެހި ދަރިވަރުންނަށް ހުޅުވާލެވިފައެވ.ެ އަދި 5 ފުރުޞަތު ބައިނަލްއަޤްވާމީ ދަރިވަރުންނަށް ހުޅުވާލެވިފައިވެއެވ.ެ މީގެ ތެރެއިން ދިވެހި
ދަރިވަރުންނަށް ހުޅުވާލެވުނު 20 ފުރުޞަތުގެ ތެރޭގައި އެޑްވާންސް ސެޓްފިކެޓް 10 ފުރުޞަތާއ،ި 5 ބެޗްލާރސް ޑިޤްރީ ފުރުޞަތާއި އަދި 5 މާސްޓަރ ލެވެލްގެ ޓިއުޝަން އަދި އެޑްމިނިސްޓްރޭޝަން ފީ ފްރީ ސްކޯލާރޝިޕް ހިމެނެއެވ.ެ
ބައިނަލްއަޤްވާމީ ދަރިވަރުންނަށް ހުޅުވާލެވުނު 5 ފުރުޞަތުގެ ތެރޭގައި 3 މާސްޓާރސް ޑިގްރީ އަދި 2 ބެޗްލާރސް ޑިގްރީގެ ފުރުޞަތު ހިމެނެއެވ.ެ މިގޮތުން މި ހުޅުވާލެވުނު ސްކީމްތަކަށް އެޕްލައިކުރުމަށް 31 ޖެނަވަރީ 2026 ގެ ނިޔަލަށް މުއްދަތު
ވަނީ ދެވިފައެވެ. އައ.ިޔ.ޫއެމް ގެ ފޭސްބުކް ޕޭޖުގައިވާ ކަމާގުޅޭ ޕޯސްޓުން މި ސްކީމަށް ކުރިމަތިލާނެ ގޮތުގެ މައުލޫމާތު ލިބޭނެއެވ.ެ


advertisment
ހިޔާލު