އެވިޑް ކޮލެޖުން މަޢުލޫމާތު ލިބޭގޮތުގައި، އެކޮލެޖާއި ޗާޓާރޑް މެނޭޖްމެންޓް އިންސްޓިޓިއުޓްއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، އެވިޑްކޮލެޖަށް އެފަރާތުން ވަނީ ޗާޓާޑް މެނޭޖްމެންޓް އިންސްޓިޓިއުޓް ގެ އިންޓަރނެޝަނަލް އެޕްރޫވްޑް ސެންޓަރެއްގެ ދަރަޖަ ދީފައެވެ.
މިހުއްދައިގެ ދަށުން އެވިޑްކޮލެޖުން މިހާރުވެސްހިންގާ ޕޮރޮގްރާމް ތަކުގެތެރެއިން 11 ޕްރޮގްރާމަކަށް ވަނީ ޑުއަލް އެކްރެޑިޓޭޝަނަށް ހުއްދަދީފައެވެ. މި ޕްރޮގްރާމް ތަކުގެ ތެރޭގައި ޑިޕްލޮމާ، ބެޗެލާރސް، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ، އަދި މާސްޓާރސް ޕްރޮގްރާމް ތައް ހިމެނެއެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރަން އެދޭ ދަރިވަރުންނަށް އެ ފުރުސަތުވެސް ވަނީ ޖެނުއަރީ 2026 ގެ އިންޓޭކާ އެކު ހުޅުވާލާފައެވެ.
ޗާޓާރޑް މެނޭޖްމެންޓް އިންސްޓިޓިއުޓް އަކީ 1947 ން ފެށިގެން ޕްރޮގްރާމްތައް ހިންގަމުންއަންނަ އަދި މެނޭޖްމެންޓް ދާއިރާއިން ދުނިޔޭގެ މަޤްބޫލްކަން (ރޯޔަލްޗާޓަރ ފޯރ މެނޭޖްމެންޓް) ދަރަޖަހޯދާފައިވާ އިންސްޓިޓިއުޓެކެވެ.
އެވިޑް ކޮލެޖްގެ އެފިލިއޭޓަޑް ޕާރޓްނަރ، ޔުނިވާރސިޓީ އޮފް ވެސްޓް ލަންޑަން (UWL-UK) ގެ މާސްޓާރ އިން ބިސްނަސް އެޑްމިނިސްޓްރޭޝަން (MBA) ޕްރޮގްރާމް އަކީ ވެސް ޗާޓާރޑް މެނޭޖްމެންޓް އިންސްޓިޓިއުޓް އިން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމެކެވެ. އެ ފަދައިން އެވިޑް ކޮލެޖްގެ މި ދެންނެވި 11 ޕްރޮގްރާމަކީ ވެސް ޗާޓާރޑް މެނޭޖްމެންޓް އިންސްޓިޓިއުޓް (CMI-UK) އިން އެކްރެޑިޓް ކޮށްފައިވާ ޕްރޮގްރާމް ތަކެކެވެ. މީގެ އިތުރުންވެސް އެވިޑް ކޮލެޖުން މިހާރު ދަނީ ދުނިޔޭގެ މަޝްހޫރު އެކްރެޑިޓޭޝަން ބޮޑީތަކާ އެކު އެފިލިއޭޓުވަމުންނެވެ.
މިހުއްދައިގެ ދަށުން ޕްރޮގްރާމްތައް ފުރިހަމަ ކުރާ ދަރިވަރުންނަށް އެވިޑް ކޮލެޖުގެ އަދި ޗާޓާރޑް މެނޭޖްމެންޓް އިންސްޓިޓިއުޓް އެކްރެޑިޓެޑް ސެޓިފިކެޓް ޙާސިލްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އެވިޑް ކޮލެޖުގައި ކިޔަވަމުންދާ ދަރިވަރުންނަށް ޗާޓާރޑް މެނޭޖްމެންޓް އިންސްޓިޓިއުޓް (CMI) ގެ އެހެނިހެން ތައުލީމީ ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތުވެސް ފަހިވެގެން ދާނެއެވެ. އެވިޑް ކޮލެޖް ގެ ޕްރޮގްރާމް ތަކަށް އޮންލައިންކޮށް އެޕްލައި ކުރުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލާފައެވެ.
އިތުރު މަޢުލޫމާތު ކޮލެޖުގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެކަމަށް އެފަރާތުން މަޢުލޫމާތު ދެއެވެ.
ހިޔާލު