މާމިގިލީގައި އައިޔޫއެމްގެ ކެމްޕަހެއް އިމާރާތް ކުރަން އާރުޑީސީއަށް

އދ. މާމިގިލީގައި މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް)ގެ ކެމްޕަހެއް ޤާއިމް ކުރަން ބޭނުންވާ އިމާރާތުގެ މަސައްކަތް ރޯޑް ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

އައިޔޫއެމްގެ ކެމްޕަހުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އދ. މިހާރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެ ރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

ކެމްޕަސް އިމާރާތް ކުރުމުގެ އެއްބަސް ވުމުގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.

އައިޔޫއެމްގެ ކެމްޕަހުގައި އިދާރީ އޮފީހަކާއި ލައިބްރަރީއެއްގެ އިތުރުން ފަސް ކްލާސްރޫމާއި މަލްޓި ޕާޕަސް ސެމިނާ ހޯލެއްގެ އިތުރުން މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކެއް ހަދަން ވަނީ ނިންމާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *