ކިނޮޅަހު ސްކޫލުގައި ސެން ކުލާހަކާއި ރީޑިން ޕާކެއް ހަދަން ހުރުވަޅި ރިސޯޓްގެ މާލީ އެހީއެއް
ރ. ކިނޮޅަހު ސްކޫލުގައި ސެން ކުލާހަކާއި ރީޑިންގ ޕާކެއް ހަދަން ދަ ސްޓޭންޑަޑް ހުރުވަޅި މޯލްޑިވްސް ރިސޯޓުން 136،200 ރުފިޔާގެ މާލީ އެހީއެއް ވެދީފިއެވެ.
ކިނޮޅަހު ސްކޫލުން ބުނީ، މި އެހީ ދިނީ، އެ ސްކޫލުން ހުށައެޅި ޕްރޮޕޯސަލެއްގެ މައްޗަށް ބިނާކޮށް ދަރިވަރުންނަށް ފައިދާ ހުރި ކަމެއް ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. މާލީ އެހީ ދިނުމުގައި އެ ރިސޯޓްގެ ހައުކްސްކީޕީންގ ޑިމާޓްމަންޓުން މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. އެކަމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވީ އެގްޒެކްޓިވް ހައުސްކީޕަރު، އިސްމާއިލް މޫސާއެވެ.
ސެން ކުލާހާއި ރީޑިންގ ޕާކުގެ ބިންގާ އެޅީ އިއްޔެ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކިނޮޅަހު ސްކޫލުން ރާވާފައި ވަނީ، މި މަސައްކަތް ދެ މަސްދުވަހުގެ ތެރޭގައި ނިންމައި އަންނަ ދީރާސީ އަހަރުން ފެށިގެން ބޭނުން ކުރާށެވެ. މި މަސައްކަތަށް އެ ސްކޫލުގެ ޕީޓީއޭ އާއި އަދި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަން ވެސް ލިބޭނެ ކަމަށް ކިނޮޅަހު އެ ސްކޫލުން ބުނެއެވެ.
160 ދަރިވަރުން ކިޔަވަމުންދާ ކޮނޮޅަހު ސްކޫލުގައި އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ 3 ދަރިވަރުން ކިޔަވަމުން ގެންދެއެވެ. އޭގެތެރޭގައި ވަކިކޮށްގެން ކިޔަވައިދޭން ޖެހޭ ދެ ކުދިން އެބަތިއްބެވެ،
ކިނޮޅަހު ސްކޫލުގައި ސެން ކުލާހެއް މި ވަގުތު ނެތުމާއެކު އެ ދަރިވަރުންނަށް ކިޔަވާދޭން ބޭނުންކުރަނީ އެ ސްކޫލުގެ ލައިބްރަރީއެވެ.

ކިނޮޅަހު ސްކޫލުން ބުނީ، ސެން ކުލާސް ރޫމް ނިމުމުން ސެން ދަރިވަރުންނަށް ޚާއްޞަ ކުލާސްރޫމެއް ލިބުމުގެ އިތުރުން އެ ސްކޫލުގެ އެހެން ދަރިވަރުންނަށް ފޮތްކިޔަން ތިބޭނެ ހިތްގައިމު މާހައުލެއް ލިބިގެންދާނެ ކަމަށެވެ.
ރީޑިންގ ޕާކުގައި އައުޓްޑޯ ލައިބްރަރީއެއް ވެސް ޤާއިމް ކުރަން އެ ސްކޫލުން ވަނީ ނިންމާފައެވެ.
ކިނޮޅަކު ސްކޫލަށް މިފަދަ ދީލަތި އެހީތެރިކަމެއް ދަ ސްޓޭންޑަޑް ހުރުވަޅި މޯލްޑިވްސް ރިސޯޓުން ވެ ދީފައިވާތީ އެ ރިސޯޓްގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް އެ ސްކޫލުން ޚާއްޞަ ޝުކުރެއް އަދާކުރެއެވެ.
advertisment
ހިޔާލު