"ހިތުން ދަސްކުރަމާ" ނަމުގައި ށ. ގޮއިދޫ ސްކޫލުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި އަންމާފޮތް ހިތުދަސްކުރި 10 ދަރިވަރުންނަށް ބައިސްކަލް ހަވާލުކޮށްފިއެވެ.

ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެ ސްކޫލުގެ 54 ދަރިވަރުން ބައިވެރިވިއެވެ. މާރޗް 8ން 23 ޖޫން އަށް، ގުރޭޑް1ން 10ގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، އަންމާފޮތް ހިތުން ދަސްކޮށް އިމްތިޙާނުގައި ބައިވެރިވީ 34 ދަރިވަރުންނެވެ. އޭގެ ތެރެއިން އިމްތިޙާނުން ފާސްވީ 10 ދަރިވަރުންނެވެ. އެ ސްކޫލުގެ ފައުންޑޭޝަން ކުދިން ވެސް މި ޕްރޮގްރާމުގެ ޚާއްޞަ ބައެއްގެ ގޮތުގައި ބައިވެރިކުރުވިއެވެ. އެކުދިންނަށް ކުރިއަށް ގެންދިޔައީ ވަކިވަކި ސުރަތްތަކުގެ ބައެކެވެ. އެކުދިންނަށް ޚާއްޞަ އިނާމަކާއި ސެޓްފިކެޓް ދިނެވެ.

އަންމާފޮތް ހިތުދަސްކުރި ދަރިވަރުންނަށް އިނާމް ދިނުމަށް ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ހިތުދަސްކުރި ދަރިވަރުންނަށް ބައިސްކަލް ހަވާލުކޮށްދެއްވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ އަޒްހީމާ އަބްދުﷲއެވެ.

ދަރިވަރު ނޫހަށް، އަޒުހީމާ ވިދާޅުވީ، އެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އެރަށު ކައުންސިލާއި ސްކޫލުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށެވެ. މިފަދަ އިތުރު ޕްރޮގްރާމެ ކުރިއަށް ގެންދިއުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި އެކަމަށް ބެލެނިވެރިން ވެސް އެދެމުންދާ ކަމަށެވެ.
advertisment
ހިޔާލު