ލ. ގަމުގައި އަޅާ އެމްއެންޔޫގެ އައު ކެމްޕަސް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ލ. ގަން ކެމްޕަސް ފެސިލިޓީސް ޑިޒައިންކުރަން ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އެ ޔުނިވަރސިޓީން އިއުލާން ކޮށްފިއެވެ.

ބުރާސްފަތި ދުވަހު އެމްއެންޔޫއިން ކުރި އިއުލާނުގައި ބުނެފައި ވަނީ ލ. ގަމުގައި ޒަމާނީ ކެމްޕަހެއް ޢިމާރާތްކުރުމަށް  5 ހެކްޓަރުގެ ބިމެއް ކަނޑައަޅާފައިވާ ކަމަށެވެ.

މި ބިމުގައި އެޅުމަށް ހަމަޖެހިފައިވާ ޢިމާރާތްތަކުގެ ތެރޭގައި ދަނާލަކާއި، ލައިބްރީއަކާއި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ ބަޔަކާއި ކުލާސްރޫމްތަކާއި ކިޔަވައިދިނުމުގެ ޚިދުމަތްތަކަށް ޚާއްޞަ

ލެބޯޓަރީ ފަދަ ތަންތަން ހިމެނެއެވެ.

ޑިޒައިން ކޮންސަލްޓިން ފާމުން ކެމްޕަސް ފެސިލިޓީތަކުގެ ފުލް ޑިޒައިނަށް ބޭނުންވާ ހުރިހާ ޕްރޮފެޝަނަލް ހިދުމަތެއް ފޯރުކޮށްދޭންޖެހޭނެ ކަމަށާއި އޭގެ ތެރޭގައި ބޭނުންވާ ހުރިހާ ހުއްދައެއް ހޯދުން ވެސް ހިމެނެ އެވެ. ކޮންސެޕްޓާއި ޑިޓެއިލްޑް ޑިޒައިންތަކަށް ވެސް އެމްއެންޔޫގެ އެޕްރޫވަލް ލިބެން ޖެހެ އެވެ.

މާސްޓަރ ޕްލޭނިންގ އެންޑް ޒޯނިންގ ޕްލޭން: ސެކިއުރިޓީ ރޫމް، އައުޓްޑޯ ސްޓޫޑެންޓް ވެއިޓިންގ އޭރިއާ، އައުޓްޑޯ ޖިމް އަދި އައުޓްޑޯ ބެޑްމިންޓަން/ޓެނިސް ކޯޓްތައް ހިމެނޭ ރެކްރިއޭޝަނަލް އޭރިއާސް، ޕާރކިންގ އޭރިއާސް އެންޑް ބައިކް ޕޮއިންޓްސް ފޮރ ސްޓާފް، ސްޓޫޑެންޓްސް އެންޑް ވިޒިޓަރސް، އަދި އެކްސްޕެރިމެންޓަލް ފާމްތައް ހިމެނެއެވެ.

އެމްއެންޔޫ ގަމު ކެމްޕަހުގެ ޢިމާރާތްކުރުމަށް ލ.ގަމުން ބިމެއް ހަމަޖައްސަވައި ލ.ގަމު ކައުންސިލުން އެ ބިމުގެ ރަޖިސްޓްރީ އެމްއެންޔޫއަށް ދޫކުރައްވާފައިވަނީ މިއަހަރުގެ އޭޕްރީލް 17 ވަނަ ދުވަހުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *