އެމްއެންޔޫއިން ފޮތް ހަދިޔާ ކުރުމުގެ ހަފްތާ ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ކުރިއަށް ގެންދާ "ބުކް ޑޮނޭޝަން ވީކް 2025″ މިއަދު ފަށައިފިއެވެ. ފޮތް ހަދިޔާ ކުރުމުގެ ހަފްތާ، އެމްއެންޔޫގެ ސެންޓްރަލް ލައިބްރަރީގައި ފައްޓަވައިދެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރު، ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ.

އެމްއެންޔޫގެ ފޮތް ހަދިޔާ ކުރުމުގެ ހަފްތާގައި ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބައެއް ފަރާތްތަކުން ފޮތް ހަދިޔާކުރައްވާފައިވެއެވެ. ފޮތް ހަދިޔާ ކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ވަޒީރުންނާއި އެ ޔުނިވަރސިޓީގައި މަސައްކަތް ކުރައްވާ ލިޔުންތެރިން ހިމެނިވަޑައިގެންނެވިއެވެ.

އެމްއެންޔޫގެ "ފޮތް ހަދިޔާކުރުމުގެ ހަފުތާ" އަންނަ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެއެވެ.

އެމްއެންޔޫއިން ބުނީ، އެ ޔުނިވަރސިޓީން ކުރިއަށް ގެންދާ މި މުހިންމު ހަރަކާތުގައި މާނަހުރި މަސައްކަތުގައި ބައިވެރިވެވިދާނެ ކަމަށެވެ. އޭގެތެރޭގައި ޢިލްމީ ނުވަތަ ތަޢުލީމީ ފޮތްތަކާއި، ތިޔަބޭފުޅުންގެ އަމިއްލަ ލިޔުއްވާފައިވާ ލިޔުންތައް (ޕްރިންޓް ނުވަތަ ޑިޖިޓަލް)، ލިޔުންތަކާއި، ދިރާސާ ކަރުދާސްތަކާއި، ރިޕޯރޓްތަކާއި، ނުވަތަ ދިވެހި ނުވަތަ އިނގިރޭސި ބަހުން ލިޔެފައިވާ ވާހަކަތަކާއި ނޮވެލްތައް ވެސް ހަދިޔާ ކުރެއްވިދާނެ ކަމަށެވެ. އަދި ފޮތް ހަދިޔާކުރެއްވުމުގެ އިތުރުން މާލީ ގޮތުން ވެސް އެހީތެރިވެވަޑައިގެންނެވޭނެ ކަމަށެވެ.

ޔުނިވާސިޓީ ސެންޓްރަލް ލައިބްރަރީ އާއި ބިޒްނަސް ސްޓަޑީޒް ލައިބްރަރީ އާއި ހެލްތު ސައިންސަސް ލައިބްރަރ އާއި ކުޅުދުއްފުށީ ކެމްޕަސް ލައިބްރަރީ އާއި ތިނަދޫ ކެމްޕަސް ލައިބްރަރީގެ އިތުރުން ހިތަދޫ ކެމްޕަސް ލައިބްރަރީއަށް ވެސް ފޮތް ހަދިޔާ ކުރެއެއްވޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ފޮތް ހަދިޔާ ކުރުމުގެ ހަފްތާ ކުރިއަށް ގެންދާއިރު، ލައިބްރަރީ ދުވަހުގެ ގޮތުގައި ވެސް ކުރީގެ ހަނދާންތައް އާކޮށްދޭ ހަރަކާތްތަކެއް ކުރިއަށް ގެންދަން އެމްއެންޔޫ ލައިބްރަރީން ވަނީ ނިންމާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *