އެމްއެންޔޫއިން ލައިބްރަރީ ދުވަސް ފާހަގަކުރަން ކުރީގެ ހަނދާންތަކުގެ ތެރެއަށް

ޔުނިވަރސިޓީގެ ލައިބްރަރީ ދުވަސް ފާހަގަ ކުރަނީ ކުރީގެ ހަނދާންތަކާ އެކުގައެވެ. ލައިބްރީ ދުވަސް ފާހަގަކުރަނީ އެ ޔުނިވަރސިޓީގެ އަހަރީ ދުވަސް، ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހާ ގުޅުވައިގެންނެވެ.

ލައިބްރަރީއަކީ ޔުނިވަރސިޓީގެ ދަރިވަރުން އަދި މުވައްޒަފުންގެ ތަޢުލީމީ ހަޔާތުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އިލްމީ ދަންމަރެވެ. މިތަނުގައި ބޭނުން ހިފާ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް އަދި އުފަލާއި ހިތްހަމަޖައްސާލުމަށް އަމާޒުކޮށްގެން ލައިބްރަރީ ދުވަސް ފާހަގަ ކުރަނީ އެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ވެސް މަޢުލޫމާތާއި، ތަފާތު ހުނަރު ތަރައްޤީ ކުރެވޭފަދަ އެތަކެއް ޚަރަކާތްތަކަކާއި އެކުގައެވެ. ވަރަށް ބުރަކޮށް އުގެނުމުގެ ޚަރަކާތްތަކެއްގެ ތެރޭގައި އުޅޭ ފަރާތްތަކަށް ތަފާތު ތަޖްރިބާއެއް ހޯދައިދިނުމުގެ ފުރުޞަތު ލައިބްރަރީ ދުވަހު ދޭން އެމްއެންޔޫއިން ވަނީ ނިންމާފައެވެ.

މިއަހަރުގެ ލައިބްރަރީ ދުވަހުގެ ތީމްގެ ގޮތުގައި ކަނޑައަޅާފައިވަނީ ރެޓްރޯ ތީމެވެ. އެއީ ،1970 1980 އަދި 1990ގެ އަހަރުތަކުގެ ހަނދާންތައް އައުކޮށްދޭ ޚަރަކާތްތަކެއް ހިމަނައިގެންނެވެ. އެދުވަސްތަކުގައި ބޭނުން ކުރެވުނު ތަކެއްޗާއި، މިއުޒިކާއި، ކުޅެއުޅުނު ކުޅިވަރުތައް ތަޢާރަފްކޮށް ދިނުމަށް އެފަދަ ކަންކަން ތަޖްރިބާ ކޮށްލުމުގެ ފުރުޞަތު ލައިބްރަރީ ދުވަހު ލިބިގެން ދާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މާދަމާއިން އިން ސެޕްޓެންބަރު 3އަށް ކުރިއަށްގެންދާ މިހަފްތާގައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ. މި މިހަރަކާތް ޔުނިވަރސިޓިގެ 6 ލައިބްރަރީއެއްގައި ކުރިއަށް ގެންދާނެއެވެ. އެއީ ސެންޓްރަލް ލައިބްރަރީ، ހެލްތް ސައިންސަސް ލައިބްރަރީ، ބިޒްނަސް ސްޓަޑީޒް ލައިބަރަރީ، ކުޅުދުއްފުށީ ކެމްޕަސް ލައިބްރަރީ، ތިނަދޫ ކެމްޕަސް ލައިބްރަރީ އަދި ހިތަދޫ ކެމްޕަސް ލައިބްރަރީގައެވެ.

އެމްއެންޔޫއިން ބުނީ، ކޮންމެ ލައިބްރަރީއެއްގައިވެސް ޑޮނޭޝަން ކަލެކްޝަން ޕޮއިންޓް ހުންނާނެ ކަމަށާއި އެކަޑެމިކް ނުވަތަ ތަޢުލީމީ ފޮތް، ހައްދަވާ ދިރާސާ / ރިސާރޗް ރިޕޯރޓް ތީސީސް ޑެސިޓޭޝަން ވާހަކަފޮތް، (ދިވެހި އަދި އިނގިރޭސި) ފޮތް ހަދިޔާ ކުރެއްވިދާނެ ކަމަށެވެ. އަދި މިފަދަ ފޮތް ހޯދުމަށް އަމާޒުކޮށް ފައިސާގެ އެހީތެރިކަންވެ ސް ދެއްވިދާނެ ކަމަށެވެ.

ޔުނިވަރސިޓީއަށް ފޮތް ހޯދުމުގައި މިޒަމާނުގެ ލިޔުންތެރިންގެ ފޮތް ތަޢާރަފް ކުރުމާއި އެފަރާތްތަކުގެ ފޮތް ލިޔުމުގެ ތަޖްރިބާ ހިއްޞާކުރުމާއި، ވާދަވެރި މާހައުލެއްގައި އެންމެ ގިނަފޮތް ޖަމާކުރެވޭ ދުވަހެއް ފާހަގަ ކުރުމާއ،ި ގޭގެއަށްގޮސް ފޮތް ހޯދުމުގެ މަސައްކަތް ކުރުމާއި ފޮތް ހަދިޔާ ކުރާ ފަރާތްތަކަށް ހަނދާނީ ސެޓްފިކެޓް ދިނުން ފަދަ ކަންކަން މިހަފްތާ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް ވެސް އެމްއެންޔޫއިން ބުނެއެވެ.

މިއީ އާންމު ރައްޔިތުންނަށްވެސް ފޮތް ހަދިޔާކުރެވޭގޮތަށް ހިންގޭ ހަރަކާތެކެވެ. މަތީގައި ބަޔާން ކުރެވުނު ކޮންމެ ލައިބްރަރީއަކަށް ވެސް މިފަދަ ފަރާތްތަކުން ފޮތް ހަދިޔާ ކުރެއްވޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ލައިބްރަރީ ދުވަހު ހިންގާ ހަރަކާތްތަކަކީ:

  • ރާގު ދެނެ ގަތުން: 1970 އަދި 1980 ގެ ދިވެހި، ހިންދީ އަދި އިންގިރޭސި ލަވަތަކުގެ ރާގު އިއްވުމުން އެއީ ކޮންލަވައެއްކަން ބުނެ ދިނުން
  • ހަނދާނީ ފޮޓޯ ބޫތް: އެޒަމާނުގެ ސާމާނު ރަމްޒްކޮށްދޭ ގޮތަށް ތައްޔާރުކުރެވިފައިވާ ފޮޓޯ ބޫތުގައި ފޮޓޯ ނަގާ ސޯޝަލް މީޑިއާގައި ޕޯސްޓްކުރުން
  • ސްނޭކް އެންޑް ލެޑަރ: ހަރުފަ ކާލާ އަކީ އެޒަމާނުގައި އެންމެ ފޯރީގައި ކުޅެއުޅުނު ކުޅިވަރަކަށް ވާތީ އެކުޅިވަރު ތަޖުރިބާ ކޮށްލުމަށް ފުރުޞަތު ހޯދައިދިނުން
  • ހަނދާން އެބަހުރިތަ؟: ކުރީޒަމާނުގައި ބޭނުން ކުރެވުނު ތަކެތީގެ ތަސްވީރު ދެއްކުމުން އޭގެ ނަން ބުނެދިނުން. މިގޮތުން ދިވެހިން އާންމުކޮށް އެޒަމާނުގައި ބޭނުން ކުރި ތަކެތީގެ ތެރެއިން މިހާރަކަށް އައިސް ނުފެންނަ ތަކެތީގެ ތަސްވީރުގެ އެހީގައި ނަން ދަސްކުރުން.
  • ކުލަ ފުޅި ތަރުތީބު ކުރުން. ފޮރުވިފައިވާ ކުލަފުޅި ސެޓަކާއި އެއްގޮތަށް ކުލަފުޅި ތަރުތީބު ކުރުން
  • ކެރަމް ބޯޑު ކުޅުން: މިއީވެސް ކުރީ ޒަމާނުގައި ވަރަށް މަޝްހޫރުވެގެން ގިނަ ބަޔަކު ކުޅެ އުޅުނު ކުޅިވަރަކަށް ވާތީއެކަން ތަޖްރިބާ ކޮށްލުމުގެ ފުރުޞަތު ދިނުން.

ލައިބްރަރީ ދުވަސް ފާހަގަ ކުރާއިރު ޔުނިވަރސިޓީގެ މުވައްޒަފުން، ދަރިވަރުން އަދި އާއިލާގެ އެންމެހާ ފަރާތްތަކަށް ބައިވެރި ވެވޭނެއެވެ. މިގޮތުން އާއިލާގެ ކުޑަކުދިންނާއި ބޮޑަތި މީހުނަށް ވެސް އެ ކަމުގައި ބައިވެރިވެވޭނެ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

  • ބުކް ޑޮނޭޝަން ހަފްތާ ފާހަގަ ކުރުން: ޔުނިވަރސިޓީގެ ދަރިވަރުންގެ ޖަމުއިއްޔާ (އެމްއެންޔޫ ސުޓޫޑަންޑް އެސޯސިއޭޝަން) އާއި ލައިބްރަރީގެ ފަރާތުން ފާހަގަ ކުރާ މި ހަފްތާގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށާއި މުވައްޒަފުންނަށް ލައިބްރަރީ އިތުރަށް ތަޢާރަފް ކޮށްދިނުމާއި އެކު ދެފަރާތް ގުޅިގެން ލައިބްރަރީގެ ތަރައްޤީއަށް މަސައްކަތް ތަކެއް ކުރަން ވަނީ ނިންމާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *