ފ. އަތޮޅުގެ ކޮންމެ ސްކޫލަކަށް އަތޮޅު ކައުންސިލުން 20،000 ރުފިޔާގެ ފައިސާގެ އެހީއެއް ވެދީފިއެވެ.
އެ އަތޮޅު ކައުންސިލުން ދިން މި އެހީގެ އެއްބަސްވުމުގައި ސޮއިކުރީ މި މަހުގެ 20 ވަނަ ދުވަހުއެވެ.
އަތޮޅުގެ ޞިއްޙީ އަދި ތަޢުލީމީ ދާއިރާގެ ޙާލަތު ރަނގަޅު ކުރުމުގެ ގޮތުން އެހީދޭން ފާސްކުރީ އެ ކައުންސިލުން މި އަހަރު ބޭއްވި 10 ވަނަ އާންމު ޖަލްސާގައެވެ. މާލީ އެހީ ދިނީ ސްކޫލްތަކުން ހުށައެޅި ޕްރޮޕޯސަލްތަކަށް ބެލުމަށްފަހުއެވެ.
މާލީ އެހީގެ ގޮތުގައި އެ ކައުންސިލުން ކަނޑައެޅީ 100،000 ރުފިޔާއެވެ. އެއީ ކޮންމެ ސްކޫލަކަށް 20،000 ރުފިޔާއެވެ.
advertisment
ހިޔާލު