ހުރަވީ އެކްސްޕޯގައި 700 އެއްހާ ދަރިވަރުންގެ ހުނަރު

ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގެ އެކްސްޕޯ ކުރިއަށްދާއިރު، އެ އެކްސްޕޯގައި އެ ސްކޫލުގެ 698 ދަރިވަރުންގެ ތަފާތު އާޓްގެ ތަފާތު ހުނަރު ދައްކާލައިފިއެވެ.

ހުރަވީ އެކްސްޕޯ އޮތީ، އެ ސްކޫލުގެ ހޯލާއި ލޮބީ ހިމެނޭ ސަރަހައްދުގައެވެ. އެކްސްޕޯ ކުރިއަށް ދާނީ، އަންނަ ހޮނިހިރު ދުވަހުގެ ރެއާ ހަމައަށް، ކޮންމެ ރެއަކު 7:30ން 21:00 އަށެވެ.

ހުރަވީ ސްކޫލުން ބުނީ، ދަރިވަރުންގެ އުފެއްދުންތައް ހުނަރު ހަތަރު ގެޓަގަރީއަކުން ފެނިގެންދާނެ ކަމަށެވެ. އެއީ 241 ދަރިވަރުންގެ ކްރާފްޓްގެ އުފެއްދުންތަކާއި ވަކިވަކި ކުދިންނާއި ގުރޫޕްގެ ގޮތުގައި 136 ދަރިވަރުން ކުރިއަށް ގެންދާ ސައިންސާއި ބިޒްނަސްއާ ގުޅުން ހުރި އެކްސްޕެރިމެންޓްތަކާއި  233 ދަރިވަރުންގެ އާޓްގެ މަސައްކަތްތަކެވެ.

ހުރަވީ އެކްސްޕޯގެ ދަރިވަރުންގެ އުފެއްދުންތައް ބެލުމުގެ ފުރުޞަތު އާންމުކޮށް ވަނީ ހުޅުވާލާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *