ކާފް ސްކޮލަރޝިޕް އައިޝް އާއި ޝަދާއަށް

ކާފް ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުންނާ އެކު ސްކޮލަރޝިޕް އެއްބަސްވުމުގައި މާލެ އަތޮޅު ކައުންސިލުން ސޮއިކޮށްފިއެވެ. އެއްބަސްވުމުގެ  މި އަހަރު އިއުލާން ކުރި މި ސްކޮލަރޝިޕަށް ހޮވުނީ މަރިޔަމް އައިޝް އަލީ، ކ. ތުލުސްދޫ އާއި އައިޝަތު ޝަދާ ޝަހީމް، ބީޗް ހެޕީ، ކ. ގުރައިދޫއެވެ.

"ކާފު ސްކޮލަޝިޕް" އިއުލާން ކުރީ ހަތް ދާއިރާއަކުން ޑިގްރީއަށް ކިޔެވުމަށެވެ. އެ ސްކޮލަރޝިޕް ދެނީ އަހަރަކު އެއްފަހަރު ކ. އަތޮޅަށް ނިސްބަތްވާ ދަރިވަރުންނަށެވެ. މި ސްކޮލަރޝިޕަށް ހުޅުވާލީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައެވެ.

މިސްކޮލަރޝިޕަށް ހަތް ފަރާތަކުން ކުރިމަތިލިއެވެ. ޝަރުޠު ހަމަވެގެން ސްކޮލަރޝިޕް ދިނީ ދެ ފަރާތަކަށެވެ.

ކާފް ސްކޮލަރޝިޕްގެ ދަށުން ހުޅުވާލީ،

* އާކިޓެކްޗަރ

* މެޑިސިން

* ސައިކޮލޮޖީ

* އައިޓީ

* މަލްޓި މީޑިއާ

* ސިވިލް އިންޖިނިއަރިންގ

* އެޑިއުކޭޝަން އެޑްމިނިސްޓްރޭޝަން

މާލެއަތޮޅު ކައުންސިލު އިދާރާއިން ކުރިން ނެރުނު އިއުނާލުގައި ބުނެފައިވާ ގޮތުގައި، އެ ކައުންސިލާއި އެފިލިއޭޓް ވެފައިވާ މެލޭޝިއާގެ ޔޫސީއެމްއައި ޔުނިވަރސިޓީއާއި މަލްޓި މީޑިއާ ޔުނިވަރސިޓީން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ފުލީ ފަންޑެޑް ސްކޮލަރޝިޕް ދޭނެ ކަމަށާއި އެހެން ޔުނިވަރސިޓީއަކުން ކިޔަވާނަމަ ހަމަޖައްސައި ދެވޭނީ ކޯހަށް ހިނގާ ޚަރަދުގެ ބައެކެވެ. މީގެ އިތުރުން ކިޔަވާ ކޮންމެ ކުއްޖަކަށް ޕޮކެޓްމަނީ ހަމަޖައްސައިދޭނެ ކަމަށް ބުނެފައިވެއެވެ.

މި ސްކޮލަރޝިޕް ދިނުމުގައި ބެލީ،
  • މާލެއަތޮޅުގެ ރަށަކަށް ރަށްވެހިވެފައިވާތާ 5 (ފަހެއް) އަހަރު ވެފައިވާ ފަރާތަކަށްވުން.
  • އުމުރުން 17- 35އަހަރާއި ދެމެދު ފަރާތަކަށްވުން
  • ސްކޮލަރޝިޕަށް އެދޭ ފަރާތަކީ ކުރިމަތިލާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ނުވަތަ ފުރިހަމަ ކުރަމުންދާ ފަރާތަކަށްނުވުން އަދި ކުރިމަތިލާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހަކަށް ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތަކުން ދޭ ސްކޮލަޝިޕެއް ލިބިފައިވާ ފަރާތެއްކަމުގައި ނުވުން.
  • ކުށުގެ ރެކޯޑެއް ނުވަތަ ކުށެއް ތަންފީޒުކޮށްފައިވާ ފަރާތަކަށް ނުވުން
  • ހުށައަޅާ ކޯހަށް އަލަށް ކިޔަވަންފަށާ ފަރާތެއްކަމުގައިވުން.

މާލެއަތޮޅު ކައުންސިލުން ބުނެފައިވަނީ، އެ ކައުންސިލާއި އެފްލިއޭޓް ވެފައިވާ ޔުނިވަރސިޓީ/ކޮލެޖަކުންނަމަ އެ ކައުންސިލުން ދަރިވަރުންނަށް ޕްލޭސްމަންޓް ހޯދައިދިނުމުގައި އެހީތެރިވެދެވޭނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *