ވީއައިއެޗްއެސްއިން އެއްވަނަ އަލްޔާއަށް ދެވަނަ ޖަޒިލްއަށް ދެވަނަ އީލާފަށް

ފާއިތުވި 2023-2024 ވަނަ ދިރާސީ އަހަރު ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން އެއްވަނަ ދަރިވަރަކަށް ހޮވުނީ އައިޝަތު އަލްޔާ ރިލްވާނެވެ. ދެވަނަ ހޯދީ ޖަޒިލް މުޙައްމަދު ސަނޫޖުއެވެ. ތިންވަނަ ހޯދީ މުޙައްމަދު އީލާފު އިމްރާނެވެ.

ވީއައިއެޗްއެސްގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ޑރ. އަބްދުއްސައްތާރު ޔޫސުފެވެ.

އެއްވަނައަށް ދިޔަ އަލްޔާ، ތައުލީމީ ގޮތުން ދިޔާއީ އެ ސްލޫލާއި ޤައުމީ ލެވެލްއިން ދެވަނައަށެވެ.

ދެވަނައަށް ދިޔަ ޖަޒިލް ދިޔައީ އެ ސްކޫލާއި ޤައުމީ ލެވެލްގެ ތިންވަނަ އަށެވެ.

އީލާފު ދިޔައީ އެ ސްކޫލާއި ޤައިމީ ލެވެލްގެ ހަތަރު ވަނައަށެވެ.

ވީއައިއެޗްއެސްގެ 26 ދަރިވަރުން އޭލެވެލްގެ ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. ހުރިހާ މާއްދާއަކުން އޭ ސްޓަރ ހޯދައިގެން ހައި އެޗީވަރސް އެވޯޑް އެ ސްކޫލުގެ 9 ދަރިވަރުންނަށް ލިބިފައިވެއެވެ.

އެންމެ މޮޅު ތިން ދަރިވަރުންގެ އިތުރުން ހައި އެޗީޗަވަރސް ހޮވުނު ދަރިވަރުންނަށް ޤާސިމް އިބްރާހިމް ފައިސާގެ އިނާމް ހުށައަޅާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *