ރައްޔިތުން އެދޭނަމަ ޖާގައިގެ މައްސަލަ ހައްލުކުރަން އާ ސްކޫލެއް މާޅަހުގައި އަޅައިދޭނަން

ރައްޔިތުން އެދޭނަމަ ޖާގައިގެ މައްސަލަ ހައްލުކުރަނަް އާ ސްކޫލެއް ބ. މާޅަހުގައި އަޅައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑ. މުއިއްޒު ވިދާޅުވީ، އެރަށު ސްކޫލަށް މަލްޓިޕާޕަސް ހޯލަކާއި ކްލާސްރޫމާއި، ސްޓާފް ރޫމަކާއި ސައިންސްލެބް ފަދަ ވަސީލަތް ބޭނުންވާކަމަށެވެ. ނަމަވެސް އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަން އިމާރާތެއް އަޅަން ބޭނުންވާ ޖާގަ އެ ސްކޫލުގެ ގޯތިތެރޭގައި ނެތްކަން ފާހަގަކޮށްފައިވާކަން އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ސްކޫލެއް އަޅަން ރައްޔިތުން ބޭނުންވާނަމަ، ބިން ދެއްކުމުން ތައުލީމު ފޯރުކޮށްދޭން އަޅަން ޖެހޭ އިމާރާތެއް އަޅައި ވަޞީލަތްތައް ޤާޢިމްކޮށްދޭން ސަރުކާރުން އޮތީ ތައްޔާރަށް ކަމަށެވެ. އެ  މަސައްކަތަށް ބަޖެޓުގެ ދަތިކަމެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މާޅޮހު ސްކޫލުގެ ގޯތިތެރޭގައި އިތުރު އިމާރާތެއް އަޅަން ބަލާއިރު، ޖާގަ ނެތީ ކުރިން އެ ސްކޫލުގައި އިމާރާތް އަޅާފައި ހުރި ގޮތުންނެވެ. އެހެންވެ އެ އިމާރާތް ބަހައްޓައިގެން އިތުރު އިމާރާތެއް އަޅަން ޖާގައެއް ނުލިބެއެވެ.

އެހެންވެ ރައީސް ޑރ. މުއިއްޒު ރައްޔިތުންނާ ހިއްސާ ކުރެއްވީ ޖާގައިގެ މައްސަލަ ހައްލުކުރަން އާ ސްކޫލެއް އިމާރާތް ކުރައްވާ ވާހަކައެވެ.

155 ދަރިވަރުން ގުރޭޑް 10އާ ހަމައަށް ކިޔަވަމުން އަންނަ މާޅޮހު ސްކޫލުގައި 11 ކުލާސްރޫމެއް ކިޔަވައިދޭން ބޭނުން ކުރެއެވެ. އޭގެ ތެރެއިން ފަސް ކުލާސްރޫމު ހަދާފައިވަނީ ހޯލުގައި ޕާޓިޝަން ޖަހައިގެންނެވެ.

ޖާގައިގެ ދަތިކަން އިންތިހާއަށް އޮތް މާޅޮހު ސްކޫލުގައި ސްޓާފު ރޫމާއި އޮފީހުގައި ވެސް އެކަށީގެންވާ ޖާގައެއް ނެތެވެ. ކުރިން މުވައްޒަފުން ބޭނުން ކުރި ސްޓާފު ރޫމު، 25 ސްޓާފުން މިހާރު ބޭނުން ކުރަން ޖެހުމުން އެތަނުގައި ވެސް ޖާގައިގެ ދަތިކަން އިންތިހާއަށް އެބައޮތެވެ.

މޮޅު ސްކޫލުގައި ލެބްޓޯރީއެއް ނުހުންނާތީ، އެ ސްކޫލުގެ ދަރިވަރުން ސައިންސް މާއްދާތަކުގެ ލެބޯޓްރީ ޓެސްޓްތައް ހަދަން ދަނީ ތ. އަތޮޅު މަދަރުސާ ނޫނި ތ. އޭއީސީއަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *