އެމްއެންޔޫގެ ކެމްޕަހެއް އޭދަފުށީގައިި އިމާރާތްކުރަން އެމްޓީސީސީއަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ބ. އޭދަފުށީގައި އަޅަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށފިއެވެ.

ކެމްޕަސް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، އަޙްމަދު ސަޢުދީއެވެ. އަދި އެމްއެންޔޫއިން ސޮއިކުރެއްވީ ވައިސް ޗާންސެލަރު، ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.

އޭދަފުށީ ކެމްޕަސް އެމްޓީސީސީއާ ހަވާލުކުރީ 720 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، 80.79 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫޢުގެ ދަށުން 6000 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާ ހިމެނޭގޮތުން ދަރިވަރުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކެއް ތަރައްޤީކުރާނެއެވެ. އަދި 3200 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާ ހިމެނޭ މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކަކާއި 3000އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އެޑްމިނިސްޓްރޭޓިވް ބްލޮކެއް މި އިމާރާތުގައި ހިމެނޭނެއެވެ. މީގެ އިތުރުން 4000 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ ކްލާސްރޫމް ބްލޮކެއް ހެދުމާއި 4000 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާގެ އެކަޑަމިކް ފެސިލިޓީޒް ބްލޮކެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *