ދެވަނަ ޓާމުގައި އެމްއެންޔޫއިން ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ ހަމަވާނެ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ދެވަނަ ޓާމުގައި ފަށާ ކޯސްތަކަށް ކުރިމަތި ލުމުގެ މުއްދަތު މާދަމާ ހަމަވާނެއެވެ.

އެ ޔުނިވަރސިޓީން ބުނީ، ކޯސްތަކަށް ކުރިމަތި ލުމުގެ ސުންގަޑިއަކީ މާދަމާގެ 2:00އެވެ.

ދެވަނަ ޓާމުގައި 150 އަށްވުރެ ގިނަ ކޯސްތަކަށް އެމްއެންޔޫއިން އިއުލާން ކޮށްފައިވާއިރު، އޭގެތެރޭގައި ސެޓްފިކެޓް ލެވެލްގެ ކޯސްތަން ފެށިގެން ޕީއެޗްޑީގެ ކޯސްތައް ވެސް ހިމެނެއެވެ.

އެންއެންޔޫ މާލޭގެ އިތުރުން އަތޮޅުތެރޭގައި ޤާއިމް ކޮށްފައިވާ ކެމްޕަސްތަކުގައި ވެސް ގިނަ އަދަދެއްގެ ކޯސްތައް ހިންގައެވެ.

ޖާގަ ހުރި ކޯސްތަކުގެ ލިސްޓް ޔުނިވަރސިޓީގެ  ވެބްސައިޓް ގައި ޝާއިރު ކުރެވޭނެ ކަމަށާއި އަދި އެ ލިސްޓަށް ބަދަލު އަންނަވަރަކުން އެމްއެންޔޫގެ ވެބްސައިޓަށް ހާމަ ކުރަމުން ގެންދާނެ ކަމަށް އެ ޔުނިވަރސޓީން ބުނެފައިވެއެވެ.

އެމްއެންޔޫއިން ބުނި ގޮތުގައި، ކޯސްތަކަށް ފޯމް ބަލައިގަންނަނީ  އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އިތުރު ކޯސްތަކާ ބެހޭ މަޢުލޫމާތު mv.edu.mnu.courses އިން ލިބެން ހުންނާނެއެވެ.

އިތުރު މައުލޫމާތު އެމްއެންޔޫއަށް މެއިލް ކުރުމުން ލިބޭނެ ކަމަށާއި އަދި ވެބަސައިޓް މެދުވެރިކޮށް ވެސް ފެންނާނެއެވެ. ކޯސްތަކުގެ މައުލޫމާތު ފަސޭހައިން ފޯރުކޮށް ދިނުމަށް 3345155 ފޯން އަދި ފޭސްބުކް ޕޭޖު އިން ލިބޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *