ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު
2025 ވަނަ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުމަށްފަހު ދަރިވަރުންނަށް މިއަދުން ފެށިގެން ޗުއްޓީ ލިބޭނެއެވެ.
ދިރާސީ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގައި ކިޔަވައި ކިޔަވައިދިނީ 81 ދުވަހުއެވެ.
ފުރަތަމަ ޓާމުގެ އިމްތިޙާނުތައް ގުރޭޑް 9އާއި 10އަށް ކުރިއަށް ގެންދިޔައީ ޖުލައި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން 19 އާ ހަމައަށެވެ. ގުރޭޑް 7އާއި 8ގެ ދަރިވަރުންނަށް ފުރަތަމަ ޓާމުގެ އިމްތިޙާނު ކުރިއަށް ގެންދިޔައީ ޖުލައި 9ން 19އަށެވެ.
ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އޮގަސްޓް މަހުގެ 10 ވާ އާދީއްތަ ދުވަހުއެވެ.
90 ހާހަށްވުރެ ގިނަ ދަރިވަރުން މިހާރު ކިޔަވަމުން ދާއިރު އޭގެތެރޭގައި ސަރުކާރުގެ 217 ސްކޫލުގައި ކިޔަވަމުންދާ 84000 އެއްހާ ދަރުވަރުން ހިމެނެއެވެ.
advertisment
ހިޔާލު