ނ. ކުޑަފަރީގައި ދާއިމީ ގޮތެއްގައި އޭލެވެލް އަށް ކިޔަވައިދެވޭ ގޮތް ހަމަޖައްސައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ކުޑަފަރީ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
ކުޑަފަރީ ސުކޫލުން ބުނީ، އޭލެެވެލް އަށް ކުރިން ކިަޔަވައިދޭން ފެށުމުން ދެ ދަންފަޅިއަށް ކިޔެވުން ބަދަލުކުރަން ޖެހުނު ކަމަށާއި މިހާރު އޭލެވެލްއަށް ކިޔަވައި ނުދެނީ ވެސް ޖާގައާއެކު އެ އިންތިޒާމް ހަމަޖެހިފައި ނެތުމުން ކަމަށެވެ.
ރައީސް ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ނ. ކުޑަފަރީގައި ދާއިމީގޮތެއްގައި އޭލެވެލަށް ކިޔަވައިދިނުމަށްޓަކައި ސައިންސް ލެބަކާއި އިތުރު ހަ ކްލާސްރޫމް އަޅުއްވައިދެއްވާނެ ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ބަޖެޓު ތެރެއިން ކަމަށް ވިދާޅުވިއެވެ.
advertisment
ހިޔާލު