ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) 31 ޖުލައި 2025 ގައި 1500 އަށް ވުރެ ގިނަ ގޭމް ކުޅުންތެރިންނާއެކު ފެށުމަށް ތައްޔާރުވެއްޖެއެވެ. މި ޗެމްޕިއަންޝިޕް 2 އޮގަސްޓް ގެ ނިޔަލަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށްދާނެއެވެ.
ހަތަރު މެޗުގެ ފޯމެޓަށް ކުރިއަށްގެންދާ މި މުބާރާތުން ވަނަވަނަ ހޯދާ ގޭމް ކުޅުންތެރިންނަށް ޖުމްލަ 170،000 ރުފިޔާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޗެމްޕިއަންޝިޕްގެ އެފްސީ 25 އަދި ރޮކެޓް ލީގް ޓޯނަމެންޓްގައި ބައިވެރިވުމުގެ ފުރުސަތު 27 ޖުލައި 2025 ގެ ނިޔަލަށް ވަނީ ހުޅުވައިލައިފައެވެ.
ޑީއެމްޖީސީ 2025 ގައި ހިމެނޭ މައިގަނޑު ގޭމިންގ މުބާރާތްތަކުގެ އިތުރުން ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެއެވެ. މި ގޮތުން، ޑީއެމްޖީސީއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރޭސިންގ ސްޓިމިއުލޭޓަރ ޒޯން، ވަރޗުއަލް ރިއާލިޓީ (ވީއާރ) ޒޯން، ފްރީ ޓު ޕްލޭ ޒޯނަކާއެކު ބޯޑް ގޭމްސް ފަދަ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ގޭމް ކުޅުންތެރިންނަށް އަދި ގޭމިންގ އަށް ލޯބި ކުރާ ފަރާތްތަކަށް ފޯރިގަދަ ތަޖުރިބާއެއް ކުރުމަށް ލިބޭ ފުރުސަތެކެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް ކަމުގައިވާ ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް އަދި ގޭމިންގ ކޮމިއުނިޓީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޑީޖީޖީ އިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް http://dgg.mv މެދުވެރިކޮށް ލިބިގެންދާނެއެވެ.
advertisment
ހިޔާލު