ބ. އަތޮޅުގެ ސުކޫލުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މެރިން ސައިންސް އިންޓަރންޝިޕް ދެވަނަ ބުރު 14 ކުދިން ނިންމާލައިފިއެވެ.
މި އިންޓާންޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ބ. އަތޮޅު ކައުންސިލާއި ފޯސީޒަންސް ލަނޑާގިރާވަރު ރިޒޯޓް އަދި ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހާއި ގުޅިގެންނެވެ.

ބ. އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް ވިދާޅުވި ގޮތުގައި މި ޕްރޮގްރާމްމަކީ ރާއްޖޭގެ ތިމާވެއްޓާއި ކަނޑުގެ ދިރުންތަކަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ބ. އަތޮޅުގައި މެރިން ބަޔޮލޮޖީއަށް ޝައުގުވެރިކަން ހުރި ދަރީންތަކެއް އުފެއްދުމުގެ އިތުރުން އަދި މެރިން ބަޔޮލޮޖީއާއި ބެހޭ މައުލޫމާތު ސްކޫލްތަކުގެ ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މެރިން ސައިންސް އިންޓާންޝިޕް ޕްރޮގްރާމް ކުރިއަށް ގެންދަނީ ތިން މަރުހާލާއަކަށް ބަހާލައިގެންނެވެ. މި ޕްރޮގްރާމްގެ ދެ މަރުހަލާއެއް މިހާރު ކުރިއަށް ގެންގޮސްފިއެވެ.
"މި ޕްރޮގްރާމް ގެ ލެވެލް އެކެއް ލެވެލް ދޭއް އެ ނިމުނީ. ލެވެލް ދޭއްގަ މި ބައިވެރިވީ ލެވެލް އެކަކުން ފުރޭނިގެން އައި 14 ކުދިން" އަފްރާޙް ވިދާޅުވިއެވެ.

ފުރަތަމަ ބުރު ކުރިއަށް ގެންދިޔައީ 21 މެއި އިން ފެށިގެން 24 މެއި އަށެވެ. މި ބުރުގައި ބ. އަތޮޅުގެ 11 ސުކޫލަކުން 26 ދަރިވަރަކު ބައިވެރިވިއެވެ. އޭގެތެރޭގައި ތުޅާދޫ ސުކޫލުގެ ގުރޭޑު 10 އެއްގައި ސައިންސް ކިޔަވަމުންދާ ތިން ދަރިވަރަކު ބައިވެރިވިއެވެ. މި ބުރު ކުރިއަށް ގެންދިޔައީ ފޯސީޒަންސް ލަނޑާގިރާވަރު ރިސޯޓްގައެވެ.

ދެވަނަ ބުރު ކުރިއަށް ގެންދިޔައީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ. މި ބުރުގައި ބައިވެރިވީ ފުރަތަމަ ބުރުގައި ބައިވެރިވި ކުދިންގެ ތެރެއިން ޖުމްލަ 14 ދަރިވަރެކެވެ. އޭގެތެރޭގައި ފާއިތުވި އަހަރު ތުޅާދޫ ސުކޫލުން ގުރޭޑު 10 ގައި މެރިން ސައިންސް ކިޔެވި ދަރިވަރުންގެ ތެރެއިން މެރިން ސައިންސްގެ ތިން ދަރިވަރަކު ބައިވެރިވިއެވެ.
މި ޕްރޮގްރާމްގެ ތިންވަނަ ބުރު ސެޕްޓެމްބަރު މަހު ކުރިއަށްގެންދާނެ ކަމަށް އަތޮޅު ކައުންސިލުން ބުނެއެވެ.

މި އަހަރުގައި ކުރިއަށްގެންދިޔައީ 2024 ވަނަ އަހަރު ކުރިއަށް ގެންދިޔަ ފުރަތަމަ ޕްރޮގުރާމުގެ އެޑްވާންސް ލެވެލްއެވެ.
advertisment
ހިޔާލު