ތިން ރަށެއްގައި ޤާއިމްކުރާ އިސްލާމިކް ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް ވިއްކާނެ ފަރާތެއް ހޯދަނީ

ތިން ރަށެއްގައި ޤާއިމްކުރާ އިސްލާމިކް ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް ވިއްކާނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން އިޢުލާން ކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިޢުލާނުގައި ބުނެފައި ވަނީ، ރ.އުނގޫފާރު  އިސްލާމިކް ސެންޓަރާއި، ތިނަދޫ ސިޓީ އިސްލާމިކް ސެންޓަރާއި، ހއ. ދިއްދޫ އިސްލާމިކް ސެންޓަރު އަދި ފުވައްމުލަކުސިޓީ ޤުރްއާން ސެންޓަރުގައި ގާއިމުކުރާ ލައިބްރަރީތަކަށް ބޭނުންވާ ދިވެހި ބަހުންނާއި، އިނގިރޭސި ބަހުންހުރި އިސްލާމީ، ތަޢުލީމީ، އިޖުތިމާޢީ، އިޤްތިޞާދީ، ކުޑަކުދިންގެ ފޮތްތަކާއި، އަދަބީ ފޮތްތަކާއި، މިނޫންވެސް ދާއިރާތަކުގެ ފޮތްތައް ހޯދަން ބޭނުންވާ ކަމަށެވެ.

އެ ދާއިރާތަކުން ފޮތްތައް ވިއްކަން ބޭނުންވާ ފަރާތްތަކުން ފޮތްތަކުގެ ނަންތަކާއި އަގުތައް ހިމެނޭގޮތަށް ޕްރޮޕޯސަލް ހުށައެޅުމަށް އެ އިއުލާނުގައި ވަނީ އެދިފައެވެ. ފޮތްގަތުމާ ގުޅޭ މައުލޫމާތު ޕްރޮޕޯސަލް ހުށައަޅަން ރަޖިސްޓްރީ ކުރާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވާނެ ކަމަށް ވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.

ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2025 ޖުލައި 22 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީކުރަން ޖެހެއެވެ.

ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ.

މެދުކެނޑިފައިވާ އިސްލާމިކް ލައިބްރަރީގެ ޚިދުމަތް ސަލްމާން މިސްކިތުގައި ފެށީ 15،000 ފޮތާއެކުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *