540 ޖާގައަށް، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) އިން ގުރޭޑް 11އަށް ފުރުޞަތު ހުޅުވާލަން ނިންމައި އެކަން އިއުލާން ކޮށްފިއެވެ.
އެ ސްކޫލަށް ވަނުމަށް އޮންލައިން އެޕްލިކޭޝަނަށް ހުޅުވާލާނީ އަންނަ އާދީއްތަ ދުވަހުގެ 10:00ން ފެށިގެންނެވެ. ޖާގަ ދެނީ ކުދިން އެޕްލައިކުރާ ތަރުތީބުންނެވެ ނަމަވެސް އެޑްމިޝަން ފައިނަލްކުރާނީ ކެރިއަރ ކައުންސެލިންގ އެޑްވައިޒާރ ބައްދަލުކުރުމަށްފަހު، އޯލެވެލްގެ ނަތީޖާގެ ވަގުތީ ޓްރާންސްކްރިޕްޓާއެކު އޮގަސްޓް 20 ގައި އެޕްލިކޭޝަން ފޯމް އަޕްޑޭޓް ކުރުމުން ކަމަށް ވީއައިއެޗްއެސްއިން ބުނެއެވެ.
2025-2026 ގެ އޭލެވެލްގެ ދިރާސީ އާ އަހަރަށް އެ ސްކޫލްގެ އެޑްމިޝަން ހުޅުވާލަން ބޭއްވި ރަސްމިއްޔާތުގައި ޕްރިންސިޕަލް އަލީ މުސްޔަފާ ވިދާޅުވީ، ގުރޭޑް 11އިން ޖާގަ ދެވޭނީ ބިޒްނަސް އާއި ސައިންސް ސްޓްރީމުން، ކޮންމެ ސްޓްރީމަކަށް 270 ޖާގަ ކަމަށެވެ. ބިޒްނަސްގައި ސްޓްރީމުގައި ކިޔަވައި ދެނީ އެކައުންޓިންގ އާއިި ބިޒްނަސްގެ އިތުރުން އިކޮނޮމިކްސްއެވެ. ސައިންސް ސްޓްރީމުގެ މާއްދާތަކުގެ ގޮތުގައި ކިޔަވައި ދެނީ ބަޔޮލޮޖީ އާއި ކެމިސްޓްރީީގެ އިތުރުން ފިޒިކްސްއެވެ. ސްޓްރީމް މާއްދާގެ ގޮތުގައި ހިމެނެނީ ތިން މާއްދާއެވެ. ދިވެއްސާއި އިސްލާމް ހުރިހާ ދަރިވަރުންނަށް ކިޔަވައިދޭއިރު، އިޚްތިޔާރީ މާއްްދާތަކާއި ޑިޕްލޮމާ ލެވެލްގެ ކެމޭބްރިޖްގެ މާއްއްދާތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެ ސްކޫލުން ދެއެވެ. މި އަހަރު އަލަށް، އިންޖިނިއަރިންގ ދާއިރާޢިން ޑިޕްލޮމާއެއް ތަޢާރަފުކޮށްފައިވެއެވެ.
ކިޔަވައިދޭ ބައެއް މާއްދާތަކާއި އެ މާއްދާތަކަށް ޖާގަ ހުޅުވާލި ގޮތް:
- ހޮސްޕިޓާލިޓީ، ޑިޕްލޮމާ ލެވެލް 3 – 25 ޖާގަ
- ބިޒްނަސް، ޑިޕްލޮމާ ލެވެލް 3 ( ބިޒްނަޒް) – 25 ޖާގަ
- އެޕްލައިޑް ސައިންސް ޑިޕްލޮމާ ލެވެލް 3 – 25 ޖާގަ
- އިންޖިނިއަރިން، ޑިޕްލޮމާ ލެވެލް 3 – 50 ޖާގަ
އިޚްތިޔާރީ މާއްދާތަކަށް ޖާގަ ހުޅުވާލި ގޮތް:
- ޗައިނީޒް ލޭންގްއޭޖް ( އެސްއެޗްކޭ ލެވެލް 1) – 50 ޖާގަ
- ކޮމްޕިއުޓަރ ސައިންސް ( ކެމްބްރިޖް ) 50 ޖާގަ
- ޑިޖިޓަލް މީޑިއާއިން ޑިޒައިން ( ކެމްބްރީޖް ) 50 ޖާގަ
- އިންފޮމޭޝަން ޓެކްނޮލޮޖީ (ކެމްބްރިޖް) 50 ޖާގަ
- ލޯ ( ކެމްބްރިޖް) 90 ޖާގަ
- ސައިކޮލޮޖީ 90 ޖާގަ
- ބިޒްނަސް (އޮޕްޝަނެއްގެ ގޮތުގައި ނަގާ ކުދިންނަށް) – 30 ޖާގަ
- އިކޮނޮމިކްސް (އޮޕްޝަނެއްގެ ގޮތުގައި ނަގާ ކުދިންނަށް) – 30 ޖާގަ
- ޓޫރިޒަމް – 30 ޖާގަ
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް ވަންނަ ދަރިވަރުންނަށް ސްކޮލަރޝިޕް ފުރުސަތު ވެސް ވަނި ހުޅުވާލާފައެވެ. މި ސްކޮލަރޝިޕް ދެނީ ބްރިލިއަންސް ކެޓަގަރީގެ ދަށުން ޓޮޕް ޓެން ފެންވަރަށް އަރާ ކުދިންނަށާއި، ކުޅލިވަރާއި އެހެނިހެން ހަރަކާތްތަކަށް އަމާޒުކޮށްގެންނެވެ. ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްކޮލަރޝިޕް ދޭން އެ ސްކޫލުން ވަނީ ނިންމާފައެވެ.
advertisment
ހިޔާލު