ދިވެހިންގެ ޤައުމީ ޚަޒާނާގެ އޮތް އެންމެ ދޮށީ އަދި އެންމެ އަގުހުރި މުދަލަކީ ދިވެހިބަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖެ އުފެދި ނަން ދެވުނީ ދިވެހިބަހުގެ ސަބަބުންކަމަށާއި، ދިވެހިންގެ ޤައުމީ ޚަޒާނާގައި އޮތް އެންމެ ދޮށީ އަދި އެންމެ އަގުހުރި މުދަލަކީ ދިވެހިބަސް ކަމަށެވެ. އަދި އެ ބަހަކީ އެތައް ހާސް އަހަރަކަށް އަމިއްލަވަންތަ މިނިވަން ދައުލަތެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމުގެ މައިގަނޑު ސަބަބު ކަމަށެވެ.
ދިވެހިބަސް ކުރިއަރުވައި ދެމެހެއްޓުމުގައި ލިޔުންތެރިން އަދާކުރާ ޤައުމީ ޒިންމާއަށް އެމަނިކުފާނު ވަނީ ތަޢުރީފުކުރައްވާފައެވެ.
ކޮންމެ އަހަރަކުވެސް ޖުލައި މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހި ލިޔުންތެރިންގެ ދުވަހުގެ ގޮތުގައެވެ.
advertisment
ހިޔާލު