ލ. ކުނަހަންދޫ ސްކޫލުގެ ކޮންމެ ދަރިވަރަކު ރުކެއް އިންދައިފިއެވެ. ތިމާވެށީގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެ ސްކޫލުގައި ކިޔަވަމުންދާ 136 ދަރިވަރުންނާއި 40 މުވައްޒަފުން ރުއް އިންދިއެވެ. ރުއް އިންދީ އެރަށު ހިތްފަސޭހަ މަގުގެ ދެ ފަރާތުގައެވެ.

މިހަރަކާތް ކުރިއަށް ގެންދިއުމުގައި އެ ރަށު ކައުންސިލާއި ޕީޓީއޭ އާއި ބެލެނިވެރިންނާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގެ އެހީތެރިކަން ލިބުނު ކަމަށް ކުނަހަންދޫ ސްކޫލުން ބުނެއެވެ
.
ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 10އާ ހަމައަށް ކިޔަވައިދޭ ކުނަހަންދޫ ސްކޫލުން ބުނީ، ދަރިވަރުން އިންދި ރުއްތައް ބެލެހެއްޓުމުގެ މަސައްކަތް އެ ސްކޫލުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށެވެ.
advertisment
ހިޔާލު