އިސްލާމީ ލައިބްރަރީތަކަށް 60،000 ފޮތް ބޭރުގެ ޔުނިވަރސިޓީއަކުން ހަދިޔާ ކުރަނީ

އިސްލާމީ ލައިބްރަރީތަކަށް 60،000 ފޮތް ބޭރުގެ ޔުނިވަރސިޓީއަކުން ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ހއ. ދިއްދޫ އާއި ރ. އުނގޫފާރާއި ގދ. ތިނަދޫ އާއި އައްޑޫގެ އިތުރުން އިތުރު ރަށްރަށުގައި މިހާރު އަލަމުން އަންނަ އިސްލާމީ މަރުކަޒުތަކުގައި ޤާއިމް ކުރާ ލައިބްރަރީތަކަށް ފޮތް ހަދިޔާ ކުރަނީ އަވައްޓެރި ޤައުމެއްގެ ޔުނިވަރސިޓީއަކުންނެވެ. އެއީ ކޮންޤައުމެއްގެ ޔުނިވަރސިޓީއެއް ކަމަށް އެ މިނިސްޓްރީން ނުބުނެއެވެ.

އެންމެ އަވަހަށް ހުޅުވަން ތައްޔާރު ވަމުން އަނަނީ ހއ. ދިއްދޫގައި އިމާރާތް ކުރި އިސްލާމީ މަރުކަޒެވެ.

އިސްލާމީ މަރުކަޒުތަކުގައި ލައިބްރަރީ ތަރައްޤީ ކުރުމުގެ މަސަކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *