ދަރުމަވަންތަ ސްކޫލުން އެއްވަނަ ހައިޝަމްއަށް ދެވަނަ ޒާހިލް އަށް ތިންވަނަ ފައިހާ އަށް

ފާއިތުވި 2023-2024 ވަނަ ދިރާސީ އަހަރު ދަރުމަވަންތަ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކީ އަޙްމަދު ހައިޝަމް އާދަމެވެ. ދެވަނަ ލިބުނީ ޒާހިލް އަޙްމަދު މާހިދަށެވެ. ތިންވަނަ ލިބުނީ އާމިނަތު ފައިހާ ފަޒީލަށެވެ.

ދަރުމަވަންތަ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިހެވެ.

އެއްވަނަ ހޯދި ހައިޝަމްއަށް ސާނަވީ ނިންމާ އިމްތިޙާނުތަކުން ލިބުނީ ޤައުމީ ގަދަ ދިހައެއްގެ ތިންވަނައެވެ. އެއީ 6 އޭސްޓަރ އާއި 2އޭ ލިބިގެންނެވެ.

ދެވަނަ ލިބުނު ޒާހިލްއަށް ހަތް އޭ ސްޓަރ އާއި އެއް އޭ ލިބިގެން ލިބުނީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ ދެވަނައެވެ.

ތިންވަނަ އަށް ދިޔަ ފައިހާ ދިޔައީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ ހަތަރުވަނަ އަށެވެ. އޭނާ އަށް ފަސް އޭ އާއި ދެ އޭ ސްޓަރ ލިބިފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *