ފޮތް ދަބަސް ލުއިކުރަން ގއ. އޭއީސީގެ ކޮންމެ ދަރިވަރަކަށް އެ ރަށު ކައުންސިލުން ހަދިޔާ ކުރީ ކަބަޑެއް

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު މަދަރުސާގެ ކޮންމެ ދަރިވަރަކަށް އެ ރަށު ކައުންސިލުން ކަބަޑެއް ހަދިޔާކޮށްފިއެވެ. ކަބަޑުތަކާއި އެ ސްކޫލުގެ ގޯތިތެރޭގައި ކައުންސިލުގެ ޚަރަދުގައި ހެދި ވޯކްވޭތައް ހަވާލުކުރުމަށް ޚާއްޞަ ރަސްމިއްޔާތެއް އެ ސްކޫލުގައި ބާއްވާފައިވެއެވެ.

ގއ. އޭއީސީގެ ޕްރިންސިޕަލް ތަމްހީދު ވިދާޅުވީ، އެ ސްކޫލުގައި ކިޔަވަމުންދާ 681 ދަރިވަރުންގެ ތެރެއިން ކޮންމެ ކުއްޖަކަށް ވަކި ކަބަޑެއް ޚާއްޞަ ކޮށްފައި ހުންނާނެ ކަމަށާއި ކަބަޑުތައް ހުންނާނީ ތަޅުލެވޭ ގޮތަށް ކަމަށެވެ. ކޮންމެ ކުއްޖަކަށް އެ ކުއްޖެއްގެ ކަބަޑުގެ ތަޅުދަނޑި ހަވާލުކުރާނެ ކަމަށާއި އަދި ކުލާސްޓީޗަރުގެ އަތުގައިވެސް ތަޅުދަނޑިއެއް އޮންނާނެ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަނީ ދެވަނަ ޓާމުން ފެށިގެން ދަރިވަރުންނަށް ކަބަޑުތައް ބޭނުން ކުރެވޭގޮތް ހަދަން" ތަމްހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކައުންސިލުގެ ދީލަތި އެހީގެ ސަބަބުން އެ ސްކޫލުގައި ކިޔަވާ ކޮންމެ ކުއްޖެއްގެ ދަބަސް ލުއިވެގެންދާނެ ކަމަށެވެ.

"ކުލާހުގައި، އެކުއްޖެއްގެ ކަބަޑުގައި ފޮތްތައް ބަހައްޓާނީ. ގެއަށް ގެންދާނީ މަދު ފޮތްތަކެއް. ފިލާވަޅު ހަދާށާއި ކިޔަވަން ބޭނުން ކުރާ މަދު ފޮތްތަކެއް" ތަމްހީދު ވިދާޅުވިއެވެ.

ވިލިނގިލީ ކައުންސިލުން، ގއ. އޭއީސީގައި ވޯކްވޭތައް ތަރައްޤީކޮށްދީފައި ވަނީ ވެސް ޒަމާނީ ފެންވަރަށެވެ. ދެ ފިޔަވައްސަކަށް ކުރިއަށް މަސައްކަތުގެ ތެރެއިން މި ފަހަރު ފަސް ވޯކްވޭއެއް ހަދާދީފައިވެއެވެ.

ތަމްހީދު ވިދާޅުވީ، ވިއްސާރަ ދުވަސްވަރު ކިޔަވައިދޭން އުނދަގޫވާވަރަށް ފެންބޮޑުވާ ކަމަށާއި "ވޯލްކްވޭ" ގެ ސަބަބުން އެ މައްސަލައަށް ދާއިމީ ހައްލުތަކެއް ލިބިގެން ހިނގެންޖެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *