މުސްތަޤުބަލް ކުރަހާނީ އެކުއްޖެއްގެ އަމިއްލައަށް ކަމަށާއި އެއީ މީހަކަށް ކުރެވޭނެ ކެމެއްވެސް ނޫން ކަމަށާއި އެއީ އަދި މީހަކަށް ހުއްޓުވޭނެ ކަމެއްވެސް ނޫން ކަމަށް މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު މުޖާހިދު ވިދާޅުވެއްޖެއެވެ.
މަޖީދިއްޔާ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި އެ ސްކޫލުގެ ދަރިވަރުންނާ މުޙާތަބު ކުރައްވައި، ޕްރިސިޕަލް މުޖާހިދު ފުރަތަމަ ކަމަށް ކިޔަވާކުދިންގެ ކިބައިން އެދިވަޑައިގެންނެވީ މައިންބަފައިންދެކެ ލޯބިވުމަށެވެ.
"އެންމެ މުހިންމު ކަމެއްގެ ގޮތުގައި މައިންބަފައިންދެކެ ލޯބިވާންވާންވާނެ، އެއްވެސް ދުވަހަކު މަންމައާއި ބައްޕަ ނުރުހުމުގައި ބަހައްޓައިގެން ނުވާނެ. އެންމެ ދުވަހެއްގައި ވެސް ނިދައިގެން ނުވާނެ ތިޔަކުދިންނާ އެއްވެސް ހިތްހަމަނުޖެހުމެއްގެ ތެރޭގައި މައިންބަފައިން ވަނިކޮށް" ދާދި ފަހުން ޕްރިންސިޕަލްކަމާ ހަވާލުވެވަޑައިގެންނެވި މުޖާހިދު ވިދާޅުވިއެވެ.
"ކާމިޔާބީގެ ސިއްރަކީ މާ މަތީ ވަނަތައް ހޯދުން ކަމަށް ވެސް ދެކިގެންނުވާނެ. އަބަދުވެސް މައިންބަފައިންނަށް އިޙްތުރާމްކޮށް އަޅާލަން ވާނެ. ބައިންބަފައިން ކުރާ އެންމެ ދުޢާއެއްގެ އަސަރުވެސް ތިޔަކުދިންނަށް އެކިގޮތްގޮތުން ކުރާނެ"
މުޖާހިދު ދަރިވަރުންނަށް ހަނދާންކޮށްދެއްވީ، މިއަދު މައިންވަފައިންނާމެދު އަމަލުކުރާ ގޮތަށް އެ ދަރުވަރުންގެ ދަރިން އެ ގޮތަށް އަމަކުރާނެ ކަމަށެވެ.
މުޖާހިދު ވިދާޅުވީ، "ތިޔަކުދިން މައިންވަފައިންނާމެދު އަމަލުކުރާ ގޮތް ތިޔަ ކުދިންގެ ދަރިން މުސްތަޤުބަލުގައި ތިޔަކުދިންނާ މެދު އަމަލުކުރާނީ. އެއީ ދުނިޔެ އަޅުގަނޑުމެންނަށް ދައްކާފައިވާ ހަޤީޤަތަކީ" ކަމަށެވެ.
އަޅުގަނޑުމެން ކަންކަމާ ދޭތެރޭގައި ދެކޭގޮތަކި ވަރަށް މުހިންމު ކަމަކަށް ވާނެ ކަމަށާއި ކަންކަމާ ދޭތެރޭގައި ފަހިކޮށް ވިސްނަން ޖެހޭ ކަމަށެވެ. ހަމައެއާއެކު ޕޮޒިޓިވް އެޓިޓިއުޑާ އެކީގައި މަސައްކަތް ކުރަންވާނެ ކަމަށާއި އުފާވާނީ ވެސް، އަމިއްލައަށް ކުރާ އިހުސާސްތަކަކުންނާއި އަމިއްލައަށް ވިސްނާ ވިސްނުމަކުން ކަމަށާއި ދެރަވާނީ ވެސް އަމިއްލައަށް ވިސްނާ ވިސްނުމަކުންކަން ދަރިވަރުންނަށް މުޖާހިދު ދަރިވަރުންނަށް ހަނދާންކޮށްދެއްވިއެވެ.
"އެއީ އެހެން މީހަކަށް ކޮށްދެވޭނެ ކަމެއް ނޫން. މިވެނި މީހަކާ ހުރެ މިވެނިކަމެއް ނުކުރެވުނޭ، މިވެނި މީހަކު މިހެންނޭ، އެވެނި މީހަކު އެހެންނޭ، މި ޑްރާމާތަކުން ސަލާމަތްވެފައި ތިބި ކުދިންތަކަކަށް ވާން ޖެހޭ. ސޯޝަލް މީޑީއަގައި ވެސް އަޚްލާޤު ރަނގަޅު ބަޔަކަށް ތިޔަކުދިން ވާންވާނެ"
މުޖާހިދު ވިދާޅުވީ، އެންމެ ބޮޑު އުނގަންނައި ދިނުމަކީ ތިމާގެ އަމިއްލަ ނަފުސު އިސްލާހުކޮށް ތިމާ އަދާކުރަންޖެހޭ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރުން ކަމަށާއި ތިމާކުރި ކަމަކުންމެނުވީ ތިމާއަށް ފައިދާއެއް ނޯންނާނެ ކަމަށެވެ.
"ތިޔަކުދިންގެ މުސްތަޤުބަލް ކުރަހާނީ ތިޔަކުދިން އަމިއްލައަށް، ތިޔަކުދިން ކުރާ މަސައްކަތަކުން. އެއީ މީހަކަށް ކުރެވޭނެ ކެމެއްވެސް ނޫން. މީހަކަށް ހުއްޓުވޭނެ ކަމެއްވެސް ނޫން" އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި މުޖާހިދު ވިދާޅުވިއެވެ.
advertisment
ހިޔާލު