މަޖީދިއްޔާގެ ގޯލްޑް ސްޓަރ ލިބުނީ އިފްޒާލް އަށް، ސިލްވަރ ސްޓަރ އަނީފަށް، ބްރޯންޒް ސްޓަރ އަޝްހަމް އަށް

2023-2024 ވަނަ ދިރާސީ އަހަރު މަޖީދިއްޔާ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު (ގޯލްޑް ސްޓަރ) ގެ ފަޚުރުވެރި މަޤާމް އިފްޒާލް އިބްރާހީމް މަޙްފޫޒު ހޯދައިފިއެވެ. ދެވަނަ ދަރިވަރު (ސިލްވަރ ސްޓަރ)ގެ މަޤާމް ހޯދީ އާނީފް އާދަމެވެ. ތިންވަނަ (ބްރޯންޒް ސްޓަރ) ހޯދީ އަޙްމަދު އަޝްހަމް އިބްރާހީމެވެ.

ރޭ މަޖީދިއްޔާ ސްކޫލުގައި ބޭއްވި ފާއިތުވި ދިރާސީ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި މި ދަރިވަރުންނަށް އިނާމް ދެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރު، ޑރ. މަޙްމޫދު ޝައުޤީއެވެ.

ނިމިދިޔަ އަހަރު މަޖީދިއްޔާއިން ކިޔެވި 1391 ދަރިވަރުންގެ ތެރެއިން އެއްވަނަ ދަރިވަރުގެ މަޤާމް ހޯދި އިފްޒާލަށް މަތީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ދެވަނަ ލިބިފައިވެއެވެ. އެއީ ހަތް އޭ ސްޓަރ އާއި އެއް އޭ ލިބިގެންނެވެ. ދެވަނައަށް ދިޔަ  އަނީފު، މަތީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައިވެއެވެ. ތިންވަނަ އަށް ދިޔަ އަޝްހަމް އަށް ޤައުމީ  ގަދަ ދިހައެއްގެ ދެވަނަ ލިބުނީ ހަތް އޭ ސްޓަރ އާއި އެއް އޭ ލިބިގެންނެވެ.

މަޖީދިއްޔާއިން ސާނަވީ ނިންމާ އިމްތިޙާނުތަކުގައި މިދިޔަ އަހަރު ބައިވެރިވީ 152 ދަރިވަރުންނެވެ. އެ ދަރިވަރުންގެ ތެރެއިން 5 މާއްދާއިން 62 އިންސައްތަ ދަރިވަރުން ފާސްވެފައިވެއެވެ. ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައި ވަނީ 27 ދަރިވަރުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *