އެޑިއުކޭޝަން އެކްސްޕޯ 2025ގެ ޑިޖިޓަލް ޕަރޓްނަރަކަށް ދިރާގު

އެޑިއުކޭޝަން އެކްސްޕޯ 2025 ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ. ރާއްޖޭގައި ބާއްވާ ތައުލީމީ ދާއިރާއަށް ހާއްސަ އެންމެ ބޮޑު އެކްސްޕޯ ކުރިއަށްދާނީ 20 އިން 21 ޖޫން 2025 އަށް ބާސެލޯ ނަސަންދުރާގައެވެ.

ކިއު ސްޓަޑީ މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ މި އެކްސްޕޯއަކީ ތައުލީމީ ގޮތުން ހުރި ފުރުސަތުތައް އަންނަން އޮތް ޖީލުތަކަށް ފަހި ކޮށްދިނުމުގެ މަގުސަދުގައި ބާއްވާ އެކްސްޕޯއެކެވެ. މި ގޮތުން، މި އެކްސްޕޯގައި ބައިނަލްއަގުވާމީ އެކި ޔުނިވަރސިޓީތަކާއި، ތައުލީމު ފޯރުކޮށްދޭ ފަރާތްތަކާއި، ދަރިވަރުންނާއި، ބެލެނިވެރިން، އަދި މުހިންމު ސްޓޭކްހޯލްޑަރުން ގެ ބައިވެރިވުން ފެނިގެންދާނެއެވެ.

މި އެކްސްޕޯގައި ދިރާގު ގޭމާސް ގިލްޑްއިން ހާއްސަ ޔޫތު އެކްޓިވޭޝަން ޒޯނެއް ވަނީ ހިމަނައިފައެވެ. މި ޒޯނުގައި ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން، މި ޒޯނުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި، އެފްސީ25 ޒޯނެއް، މައިންކްރާފްޓް، އެސްޓްރޯ ބޮޓް، އަދި ބްރޯލްހަލާއާ އެކު ކުޑަކުދިންނަށް ހާއްސަ ޒޯނެއް، ސްޓްރީޓް ފައިޓަރ 6، މޯޓަލް ކޮމްބަޓް 1، އަދި ނަރޫޓޯ އެކްސްއާ އެކު ފައިޓިންގ ގޭމް ޒޯނެއް، ޕަވްލޯވް ޝެކް އަދި ބީޓް ސޭބަރއާ އެކު ވީއާރ ޒޯނެއް، އަދި ގްރޭން ޓުރިޒްމޯއާ އެކު ރޭސިން ސިމިއުލޭޝަން ޒޯނެއް ވަނީ ހިމަނައިފައެވެ.

މި ޒޯނަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ވެސް މި ހުރިހާ ގޭމްތަކެއްގައި މުޅިން ހިލޭ ބައިވެރިވެވޭނެއެވެ.

ދިރާގުން ދަނީ ތައުލީމީ އެކި ފުރުސަތުތައް ފަހިކޮށްދިނުމަށާއި ޒުވާނުން ބާރުވެރިކުރުމަށް ހިންގާ އެކިއެކި ހަރަކާތްތަކުގައި އެންމެ ކުރީސަފުގައި ބައިވެރިވެ އެއްބާރުލުންދެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *