ސެޕްޓެންބަރ/ އޮކްޓޫބަރުގައި ބާއްވާ އޭލެވެލްއާއި އެޗްއެސްސީ އިމްތިޙާނުގައި ބައިވެރިވާން ހުޅުވާލައިފި

އަންނަ ސެޕްޓެންބަރ/ އޮކްޓޫބަރ ގައި ބާއްވާ އެޑެކްސެލް އޭ ލެވެލް އާއި އެޗްއެސްސީ އިމްތިޙާނުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

ޑިޕާޓްމަ ންޓް އޮފް ޕަބްލިކް އެގްޒޭ މިނޭޝަންސް (ޑީޕީއީ) އިން ކުރި އިޢުލާނުގައި ބުނެފައިވަނީ، އެ ޑިޕާޓްމެންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް އެޕްލިކޭޝަނ ދޫކުރުމާއި ފައިސާ ބަލައިގަތުން 2025 ޖޫން 10 ވާ އަންގާރަ ދުވަހުން ފެށިގެން 2025 ޖުލައި 10 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ޑީޕީއީން ބުނެފައިވާ ގޮތުގައި، އެޕްލިކޭޝަން ފޯމް ލިބޭނީ އެ ޑިޕާޓްމަންޓްގެ ކައުންޓަރުންނާއި ވެބްސައިޓުން ނެވެ. އޮންލައިންކޮށް އެޕްލިކޭޝަން ހުށައަޅާނަމަ މެއިލް ކުރާނީ mv.edu.dpe@info  އަށެވެ. އަދި ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ. ފޯމު ޗެކް ކުރުމަށްފަހު ފައިސާ ދެއްކުމަށް ލިންކް އީމެއިލް އިން ފޮނުވާނެއެވެ.  ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުން އަދި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 ން 1330 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނަން ޖެހޭނެ ކަމަށް ވެސް ޑީޕީއީގެ އިއުލާނުގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *