ފެނުގެ ވަޞީލަތްތައް ތަރައްޤީ ކުރުމާ ގުޅުން ހުރި ދާއިރާތަކުން ޑިޕްލޮމާއާއި މާސްޓަރސްއަށް ކިޔެވުމުގެ 18 ފުރުޞަތު

އިންޑިއާގެ އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ޕްރޮގްރާމް (އައިޓެކް)  ޑިޕްލޮމާއާއި މާސްޓަރސް ޕްރޮގްރާމުގެ ދަށުން އިންޑިޔާގައި ކިޔެވުމުގެ 18 ފުރުޞަތަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ވަކިވަކިން ކުރި ދެ އިއުލާނުގައި ބުނެފައިވާ ގޮތުން މި ކޯސްތަކަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވާނީ ޖޫން 12އަށެވެ.

އައިޓެކް ޑިޕްލޮމާ ޕްރޮގްރާމުގެ ދަށުން ހުޅުވާލާފައި ކޯސްތަކުގެ ތެރޭގައި ހިމެނެނީ:
  • ޑިޕްލޮމާއިން އިން ޑްރިންކިންގ ވޯޓަރ އެންޑް ސެނިޓޭޝަން
  • އިރިގޭޝަން ޑިޕްލޮމާއިން ވޯޓަރ މޭނޭޖްންޓް
  • ޑިޕްލޮމާއިން ވޯޓަރ ރިސޯސަސް ޑިވެލޮޕްމަންޓް
  • ޑިޕްލޮމާއިން ހައިޑްރޯގްރަޕީ
މާސްޓަރސްއަށް ކިޔަވަން އިއުލާން ކުރީ:
  • ޑްރިންކިންގ ވޯޓަރ އެންޑް ސެނިޓޭޝަން
  • އިރިގޭޝަން ވޯޓަރ މެނޭޖްމަންޓް
  • ވޯޓަރ ރިސޯސަސް މޭނޭޖްމަންޓް
  • ރިނިއުބަލް އެންޑް ހައިޑްރޯ އެނާޖީ
  • އެންވަޔަރަމަންޓަލް މެނޭޖްމަންޓް އޮފް ރިވާސް އެންޑް ލޭކްސް

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ 2 ކެންޑިޑޭޓު ނޮމިނޭޓް ކުރާނީ މަތީ ތައުލީމާ ބެހޭ ވުޒާރާއިންނެވެ. ރިޒަރވް ކެންޑިޑޭޓެއްގެ ގޮތުގައި 1 ކެންޑިޑޭޓް ނޮމިނޭޓް ކުރެވޭނެއެވެ. ފައިނަލް ސެލެކްޝަން ހަދާނީ  އިންޑިއާގެ އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ޕްރޮގްރާމް (އައިޓެކް) ގެ ފަރާތުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *