އަފީފުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ނާފިޒު

އަފީފުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރު ނާފިޒަށް އިނާމް ހަވާލުކޮށްދެއްވަނީ- ފޮޓޯ ކޭއޯ

ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލުގެ ފާއިތުވި 2023-2024 ވަނަ ދިރާސީ އަހަރު އެންމެ މޮޅު ދަރިވރުގެ މަޤާމް މުޙައްމަދު ނާފިޒު އަބްދުއްސައްތާރު ހޯދައިފިއެވެ.

އަހަރީ އިނާމް ދިނުމުގެ ޖަލްސާ ރޭ އޮތީ އެ ސްކޫލުގައެވެ. ޝަރަފުވެރިކޮށްދެއްވީ ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ މުހައްމަދު ސޯލިހެވެ.

އަފީފުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރު ނާފިޒު އޭނާގެ އާޢިލާއާއެކު – ފޮޓޯ ކޭއޯ

އެއްވަނަ ހޯދި ނާފިޒަށް ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ ފަސް ވަނައެވެ. އެ ސްކޫލުން ތިންވަނައެވެ. ސާނަވީ ނިންމާ އިމްތިޙާނުތަކުން އެ ސްކޫލުން އެއްވަނަ ދަރިވަރަކީ އައިމިނަތު މިންހާ މުހައްމަދެވެ. އޭނާއަށް ލިބުނީ ޤައުމީ ގަދަ ދިހައެއްގެ 3 ވަނައެވެ. އެ ސްކޫލުން ދެވަނައަށް ދިޔަ އައިޝަތު ނަޒާހާ އާދަމަށް ލިބުނީ ޤައުމީ ގަދަ ދިހައެއްގެ 4ވަނައެވެ.

ފާއިތުވި ދިރާސީ އަހަރު އަފީފުއްދީން ސްކޫލުގެ 11 ދަރިވަރުން ގައުމީ ގަދަ ދިހައެއްގައި ހިމެނުނެ އެވެ. ރޭގެ ޖަލްސާގައި އެ ދަރިވަރުންނަށް ޕީޓީއޭގެ ފަރާތުން ތިންހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

އަފީފުއްދީން ސްކޫލުން ގައުމީ ގަދަ ދިހައެއްގައި ހިމެނު ދަރިވަރުން:

2ވަނަ: އައިމިނަތު މިންހާ މުހައްމަދު

3ވަނަ: އަލީ ރަޔާން އާދަމް

4ވަނަ: އައިޝަތު ނަޒާހާ އާދަމް

5ވަނަ: އައިމިނަތު އަމާނާ އަޒީމް

5ވަނަ: މުހައްމަދު ނާފިޒް އަބުދުއްސައްތާރު

8ވަނަ: މުހައްމަދު އައިލަމް އިބުރާހިމް

9ވަނަ: އައިޝަތު ސަހާ މުހައްމަދު

9ވަނަ: އައިމިނަތު ޒަހާ އަދުނާނު

9ވަނަ: ހަނާނު ހަސަން އިބުރާހިމް

9ވަނަ : އަލީ އައިހަމް އާދަމް

10ވަނަ: ސަމާހާ އަބުދުއްސައްތާރު

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *