ފުރަތަމަ ފިޔަވަހީގެ ދަށުން 3 ފަންގިފިލާގެ ކެމްޕަސް އިމާރާތެއް ހަދާނެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ތިނަދޫ ކެމްޕސް ތަރައްޤީ ކުރުމުގެ މަޝްރޫއެއް އެމްޓީސީސީން ފަށަން ތައްތާރުވެއްޖެއެވެ.
އެމްއެންޔޫގެ ތިނަދޫ ކެމްޕަސް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ތިން ފިޔަވަސްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން 3 ފަންގިފިލާގެ ކެމްޕަސް އިމާރާތެއް ހެދުމަށް ހަމަޖެހިފައިވެއެވެ. ދެވަނަ މަޝްރޫއުގެ ދަށުން ދަރިވަރުންނަށް ޚާއްސަ 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ. ދަރިވަރުންގެ އެކޮމޮޑޭޝަން ބްލޮކްގައި 31 ކޮޓަރިއާއި ލޯންޑްރީއެއް ހުންނާނެއެވެ. ތިންވަނަ މަޝްރޫއުގެ ދަށުން މުވައްޒަފުންނަށް ޚާއްސަ 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރާނެއެވެ. މިތަނުގައި، 7 ކޮޓަރީގެ އިތުރުން ކެފޭއެއް ހަދާނެއެވެ.
އެމްޓީސީސީން ބުނެފައި ވަނީ، ތިނަދޫ ކެމްޕަސްގެ މަސައްކަތް
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތިނަދޫ ކެމްޕަސް ތަރައްޤީ ކުރުމުގެ މަސައްކަތް އެކުންފުންޏާ ސަރުކާރުން ހަވާލުކުރީ އެ މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.
ހުއްޓިފައިވާ ތައުލީމީ ދާއިރާގެ ގިނަ މަޝްރޫއުތަކެއް ވެސް އެމްޓީސީސީގެ އިތުރުން ފެނަކައާއި ރޯޑް ކޯޕަރޭޝަނަށް ދާދި ފަހުން ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ.
advertisment
ހިޔާލު