ޖައިކާއާ ގުޅިގެން ޓިވެޓްގެ ދާއިރާ ތަރައްޤީ ކުރަނީ

މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖޭއައިސީއޭ)އާއި ދެމެދު ޓެކްނިކަލް-ވޮކޭޝަނަލް ޓްރޭނިންގ (ޓިވެޓް) ދާއިރާގެ ތަރައްޤީއާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފިއެވެ. މި މަޝަވަރާ ބައްދަލުވުން އޮތީ މި މަހުގެ 20 ވަނަ ދުވަހު އެމްއެންއެސްޑީއޭގައެވެ.

މި ބައްދަލުވުމުގައި، އެމްއެންއެސްޑީއޭ އިން ދިވެހިރާއްޖޭގެ ޓިވެޓް ދާއިރާ ކުރިއެރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގައި ޖޭއައިސީއޭގެ އެހީއާއި އެއްބާރުލުން ހޯދުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. އެގޮތުން، ރާއްޖޭގައި ކުރިއަށްގެންދާ އެކި ޓިވެޓް ޕްރޮގްރާމްތަކުގެ ކަރިކިއުލަމްތަށް އެކުލަވައިލުމާއި އެ ޕްރޮގްރާމްތަށް ކުރިއަށްގެންދިޔުމާއި އެ ޕްރޮގްރާމްތަކާއި ގުޅޭ ނޭޝަނަލް އެސަސްމަންޓްތަށް ކުރިއަށްގެންދިޔުމަށް ބޭނުންވާ ވަޞީލަތްތަށް ފޯރުކޮދިނުމުގެ އިތުރުން ނޭޝަނަލް އެސަސަރުން ތަމްރީނުކުރުމުގައި ޖޭއައިސީއޭ އިން އެމްއެންއެސްޑީއޭއާއި ގުޅިގެން މަސައްކަތްކުރުމަށް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ރާއްޖޭގައި ޓިވެޓްގެ ދާއިރާ ފުޅާކޮށް ހިންގާ ކޯސްތަކުގެ އަދަދުއިތުރުކޮށް ވަޒީފާއަށް ނެރޭ ޒުވާނުން އިތުރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް މިހާރުވެސް އެމްއެންއެސްޑީއޭއިން އަންނަނީ ކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *