ސީއެޗްއެސްއީ މާލެ، ފެހިކުރަން ދަރިވަރުންނާއި މުވައްޒަފުން 230 ގަސް ހަދިޔާކޮށްފި 

ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) މާލެ، ފެހި ކުރަން ބޭނުންވާ ގަސް ހަދިޔާކުރަން ހިންގި ހަރަކާތުން 232 ގަސް ލިބިފައިވާ ކަމަށް އެ ސްކޫލުން ބުނެފިއެވެ.

ޕްލާންޓް-އަ-ޕަލޫޒާ ގެ ނަމުގައި އެ ސްކޫލުގެ ތިމާވެށީ ކުލަބު "އެންވައިރޮންސް" އިން މި ހަރަކާތް ކުރިއަށް ގެންދިޔައީ ހައުސްތަކުގެ މެދުގައި މުބާރާތެއްގެ ގޮތުގައެވެ. އެންމެ ގިނަ ގަސް ހަދިޔާ ކުރާ ހައުސްއަކަށް އިނާމެއް ލިބޭ ގޮތަށެވެ.

ގަސް ހަދިޔާކުރުން ކުރިއަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ދަރިވަރުންނާއި މުދައްރިސުންނާއި އަދި ސްޓާފުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ތަފާތު އެކި ބާވަތްތަކުގެ ގަސްތައް ލިބިފައިވާ ކަމަށް ސީއެޗްއެސްއީ މާލެއިން ބުނެއެވެ. ހަދިޔާ ކޮށްފައިވާ ގަސްތަކުގެ ތެރޭގައި މާ އަޅާ ގަސްތަކާއި މޭވާ އަޅާ ގަސްތަކާއި ރުއް ހިމެނެއެވެ.

ގަސް ހަދިޔާ ކުރުމުގެ ހަރަކާތެއް އެ ސްކޫލުން ކުރިއަށް ގެންދިޔައީ، ފެހި ސްކޫލަކަށް އެ ސްކޫލް ހެދުމަށް ތިމާވެށި ކުލަބުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުންނެވެ.

ސީއެޗްއެސްއީ މާލެ ގައި އަލުން ކިޔަވައިދޭން ފެށީ މިދިޔަ އަހަރުން ފެށިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *