އެންދެރި މަޝްރޫޢުން ތިމާވެށީގެ ދާއިރާއިން ޑިގްރީއަށް ކިޔަވަންދޭ ސްކޮލްޝިޕް 12 ދަރިވަރަކަށް

ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އެންދެރި މަޝްރޫއުން ތިމާވެށީގެ ދާއިރާއިން ޑިގްރީއަށް ކިޔަވަން 12 ދަރިވަރަކަށް ސްޕޮންސަރ ހަމަޖައްސައި ލިޔުންދީފިއެވެ.

އެންދެރި މަޝްރޫއުން ސްޕޮންސަރ ހަމަޖައްސައި ދިން 12 ދަރިވަރުން ކިޔަވަމުން ދަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އަލަށް ތައާރަފު ކުރި ބެޗްލަރ އޮފް ސައެންސް އިން ކްލައިމެޓް ޗޭންޖްއެވެ. އެމްއެންޔޫގެ ލ. ގަމު ކެމްޕަހުގައި ކުރިއަށް ގެންދާ މި ކޯހުގައި ކިޔަވާ ދަރިވަރުންގެ ތެރޭގައި، އެންދެރި ސްކޮލަޝިޕްގެ ދަށުން އެޑްވާންސް ސެޓްފިކެޓް އިން އެންވަޔަރަންމަންޓް މެނޭޖްމަންޓް ކޯސް މިދިޔަ އަހަރު ފުރިހަމަކުރި ހަ ދަރިވަރުން ހިމެނެއެވެ.

ންދެރި މަޝްރޫޢުން ތިމާވެށީގެ ދާއިރާއިން ކިޔެވުމަށް ދޭ ސްކޮލްޝިޕުގައި ކިޔަވާ ދަރިވަރުންނަށް ސްކޮލަޝިޕް ހަވާލުކުރުމަށާއި އެންދެރި މަޝްރޫޢުން މިދިޔަ އަހަރު ދިން ސްކޮލަޝިޕްގެ ދަށުން ތިމާވެށީގެ ދާއިރާއިން ސެޓްފިކެޓް ކޯސް ފުރިހަމަ ކޮށްފައިވާ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލ. ގަމު ކެމްޕަހުގައި މިއަދު ވަނީ ބާއްވާފައެވެ.

މިއަދު ގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްފާޞިލް އަބްދުއްالله ޒިޔާދާއި، އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތް ޝެހެނާޒް އާދަމާއި ލާމު އަތޮޅުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި މެމްބަރުން  ބައިވެރިވެވަޑައިގަތެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *