ބޮޑެތި އާބާދީތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު އަންނަ މަހުން ފެށިގެން ކުރިއަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓަރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
"މާތް ﷲ ހެޔޮ ރަޙުމަތްފުޅުން އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ޤާއިމުވެފައިވާ ތަންތަނާއި، މަރުކަޒުތައް ޤާއިމުކުރެވެމުންދާ ތަންތަނާއި ބޮޑެތި އާބާދީތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު އަންނަ މަހުން ފެށިގެން ކުރިއަށް ދާނެ" އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާނެ ރަށްތައް ވެސް މިނިސްޓަރު ޑރ. ޝަހީމް ފާހަގަކުރައްވާފައިވެއެވެ. އެއީ
ހއ. ދިއްދޫ އާއި ބ. އޭދަފުއްޓާއި ދ. ކުޑަހުވަދޫ އާއި އއ. ފެރިދޫ އާއި ރ. އުނގުފާރާއި ހދ. ކުޅުދުއްފުއްޓާއި ގދ ތިނަދޫ އާއި އައްޑޫ ސިޓީ ހިތަދޫގެ އިތުރުން ލ. ގަމެވެ.
ޤުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްތަކާއި، ޤުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްތަކާއި ޤުރުއާން އަލަށް ޤުރުއާން ކިޔަވައިދިނުމާއި މަރުކަޒްގެ ޤާރީ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްތައް އިސްލާމިކް މިނިސްޓަރު ވަނީ އިއުލާން ކުރައްވާފައެވެ. މިރަށްތަކުގައި އަންނަ މަހުން ފެށިގެން ޤުރުއާނާ ބެހޭ މަރުކަޒުން މުސާރަ ދޭ ގޮތައް މަރުކަޒުގެ ގޮފިތަކަށް ޓީޗަރުން އަންނަ މަހުން ފެށިގެން ހަމަޖައްސާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
ޤުރުއާން ޓީޗަރު ހަމަޖައްސާ ރަށްތަކަކީ، ރ. މަޑުއްވަރީ އާއި ނ. ވެލިދޫ އާއި ތ. ކިނބިދޫ އާއި ތ. ގުރައިދޫ އާއި ގދ. ގައްދޫ އާއި ލ. އިސްދޫ ކަލައިދޫ އާއި ހއ. އުތީމާއި ދ. މީދޫ އެވެ.
ފުވައްމުލައް ސިޓީގެ ޤުރުއާން މަރުކަޒަށް، އެމަރުކަޒް ހިންގާނެ ކޯޑިނޭޓަރަކާއި އިދާރީ މުވައްޒަފުން ވެސް ހަމަޖައްސާނެ ކަމަށް އިސްލާމިކް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
advertisment
ހިޔާލު