ރިސާޗް ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމުގައި ތަފާތު ދަތިތައް ދިމާވާ ދަރިވަރުންނަށް ޚާއްޞަ ވެބިނަރއެއް

މި ވެބިނާގައި ކިޔަވައިދޭނީ، ދިރާސާގެ ފުރަތަމަ ތިން ޗެޕްޓަރ ކަމަށްވާ، އިންޓްރޮޑަކްޝަން، ލިޓެރޭޗަރ ރިވިއު އަދި ރިސާޗް މެތޮޑޮލޮޖީ ފަރުމާކޮށް، ލިޔާނެ ގޮތް. މި ތިން ޗެޕްޓަރ ގައި ކޮންމެ ދަރިވަރަކަށް ވެސް ދިމާވާ މައްސަލަތަކަށް ވަކިވަކިން ސުވާލުކޮށް އޮޅުންފިލުވުމުގެ ފުރުޞަތު ލިބިގެންދާނެ.

ދިރާސާކުރުމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއްކޮށްފައިވާ ޢަބްދުﷲ ރަޝީދުގެ ޚާއްސަ ވެބިނަރއެއް ބާއްވަން ހަމަޖައްސައިފިއެވެ. މި ވެބިނަރ އޮންނަނީ 25 އެޕްރީލުވާ ހުކުރު ދުވަހުގެ ރޭ 8:00 އިން 11:00އަށް ގޫގުލް މީޓް މެދުވެރިކޮށެވެ.

މި ސެޝަން މައިގަނޑުގޮތެއްގައި އަމާޒުކުރަނީ އެކިއެކި ކޮލެޖް / ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ރިސާޗް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ތަފާތު ދަތިތައް ދިމާވާ ދަރިވަރުންނަށެވެ. މި ސެޝަނުގައި ކިޔަވައިދޭނީ ދިރާސާގެ ފުރަތަމަ ތިން ޗެޕްޓަރ ކަމަށްވާ، އިންޓްރޮޑަކްޝަން، ލިޓެރޭޗަރ ރިވިއު އަދި ރިސާޗް މެތޮޑޮލޮޖީ ފަރުމާކޮށް، ލިޔާނެ ގޮތެވެ. އެގޮތުން، ދިރާސާކުރުމަށް ސުރުޚީއެއް ކަނޑައާޅާނެގޮތުން ފެށިގެން އެ ދިރާސާއަކަށް ބޭނުންވާ ޑޭޓާ ނަގާނެ ގޮތާހަމައަށް މަޢުލޫމާތު ފޯރުކޮށްދޭނެއެވެ.

މި ތިން ޗެޕްޓަރ ގައި ކޮންމެ ދަރިވަރަކަށް ވެސް ދިމާވާ މައްސަލަތަކަށް ވަކިވަކިން ސުވާލުކޮށް އޮޅުންފިލުވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އެހެންކަމުން މިއީ ދިރާސާކުރިއަށްގެންދާނެ ގޮތް ރަނގަޅަށް އޮޅުންފިލައިގެން ރިސާޗް ޕްރޮޖެކްޓް ކުރިއަށް ގެންދަން ދަރިވަރުންނަށް ލިބޭ ރަނުގެ ފުރުޞަތަކަށް ވެގެންދާނެއެވެ.

މި ސެޝަންގެ ތަޖުރިބާއަށް ބެލުމަށް ފަހު، އިތުރު ސެޝަނެއް، ދިރާސާގެ ފަހު ދެ ޗެޕްޓަރ ކަމަށްވާ ޑޭޓާ އެނަލައިޒްކުރާނެ ގޮތާއި، ދިރާސާގެ ޑިސްކަޝަން، ލިޔާނެ ގޮތުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިސެޝަންތަކުގެ ތެރެއިން ދިރާސާއެއް ފުރިހަމަކުރަން ބޭނުންވާ ހުރިހާ މަޢުލޫމާތުތަކެއް ލިބިގެންދާނެއެވެ.

މި ވެބިނާރގައި ކިޔަވައިދެއްވާ ޢަބްދުﷲ ރަޝީދަކީ، ތަޢުލީމީ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާ، މިހާރު ޗައިނާގެ ޕީކިންގް ޔުނިވަރުސިޓީގައި ޕީ.އެޗް.ޑީއަށް ކިޔަވާ ވިދާޅުވަމުން އަންނަ ފަރާތެކެވެ. ހަމައެހެންމެ ޢަބްދުﷲ ރަޝީދަކީ މަތީ ތަޢުލީމު ޙާޞިލުކުރާ ގިނަ ދަރިވަރުންތަކެއް ސުޕަވައިޒުކުރައްވައި، ދިވެހިރާއްޖޭގެ ކޮލެޖް، ޔުނިވަރސިޓީތަކުގައި ރިސާޗް މެތަޑް ކިޔަވާދެއްވާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ފަރާތެކެވެ. މީގެ އިތުރުން އަމިއްލަ ދިރާސާތައް ކުރައްވާ، ސިވިލް ސާވިސް ކޮންފަރެންސް ފަދަ ކޮންފަރެންސްތަކުގައި ކަރުދާސް ހުށަހަޅުއްވާފައިވާ ފަރާތެއްކަން ވެސް ފާހަގަކޮށްލެވެއެވެ.

30 ބައިވެރިންނަށްވުރެ އިތުރު ނުވާގޮތަށް، ފަރުމާކުރެވިފައިވާ މި ވެބިނަރގެ ފީއަކީ -/300 ރުފިޔާއެވެ. ވެބިނަރގައި ބައިވެރިވުމަށް މަތީގައިވާ ކިއުއާރު ކޯޑު ނުވަތަ https://forms.gle/DaAyNf3AioSuwSjg6 ލިންކުން ރެޖިސްޓްރީ ކުރެއްވޭނެއެވެ. ވެބިނަރ އާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ނަމަ، ވަޓްސްއެޕް މެދުވެރިކޮށް 9871853 960+ ގުޅުއްވޭނެއެވެ.

ނޯޓް: މިއީ، ރިސާޗް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ތަފާތު ދަތިތައް ދިމާވާ ދަރިވަރުންނަށް ކުރިއަށް ގެންދާ ވެބިނަރއާ ގުޅޭ ގޮތުން ލިޔެފައިވާ އެޑްވަޓޯރިއަލްއެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *