ޕްރޮފެޝަނަލް އެކައުންޓެންޓްގެ ދާއިރާއިން ކިޔަވަން ސްކޮލަރޝިޕް ލިބުނު 100 ދަރިވަރުންނަށް ލިޔުން ދީފި

ޗާރޑަޓް ޕްރޮފެޝަނަލް އެކައުންޓެންޓްގެ ދާއިރާއިން ސްކޮލަރޝިޕް ލިބުނު 100 ދަރިވަރުންނަށް ލިޔުން ދީފިއެވެ. އެ ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދެވެ.

ޗާރޑަޓް ޕްރޮފެޝަނަލް އެކައުންޓެންޓް ތަމްރީނު ކުރުމަށް ސްކޮލަރޝިޕްގެ 100 ފުރުޞަތަށް އެންމެ ފަހުން ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ 30ގައެވެ. މުއްދަތު ހަމަވީ 31 ޖުލައި އަށެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. ހައިދަރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ސްކޮލަރޝިޕްގެ ދަށުން ކިޔަވަން ފަށާ ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރާ ދަރިވަރުންގެ އަދަދު މަދުވުމެވެ. އެހެންވެ ޗާރޑަޓް ޕްރޮފެޝަނަލް އެކައުންޓެންޓުންގެ ދާއިރާއިން ކިޔަވަން ސްކޮލަރޝިޕް ލިބުނު 100 ދަރިވަރުން ކޯސް ފުރިހަމަކޮށް ނިންމުމަށް އެދިވަޑައިގެންނެވިއެވެ.

ސަރުކާރުން ވަނީ ޗާރޑަޓް ޕްރޮފެޝަނަލް އެކައުންޓެންޓް ތަމްރީނު ކުރުމަށް މިހާތަނަށް 500 އެއްހާ ސްކޮލަރޝިޕް ދީފައެވެ.

މަތީ ތައުލީމް ޙާޞިލް ކުރުމަށް 500 ސްކޮލަރޝިޕަށް، އެކި ދާއިރާތަކުން މިހާރު ވެސް ވަނީ ހުޅޫވާލާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *